އެމް.ޑީ.ޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، ފުލުހުން މިއަދު ހިންގި ހަރަކާތްތަކުގައި ބާރުގެ ބޭނުންކޮށްފައިވާ ގޮތާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މީކާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރަމުންދިޔަ އެމް.ޑީ.ޕީގެ އާންމު މެންބަރަކަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އޭނާ ފިޓުޖެހި، މިހާރު އައި.ޖީ.އެމް.އެޗްގައި ފަރުވާ ދެމުންދާކަން މީކާއިލް ފާހަގަކުރެއްވިއެވެ.
މީކާއިލް ވަނީ ފުލުހުންގެ މިފަދަ އަނިޔާވެރި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ސުލްހަވެރިކަމާއެކު މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގާ މިފަދަ އަމަލުތައް މިހާރުން މިހާރަށް ތަހުގީގު ކުރުމަށް ގޮވާލައްވާފައެވެ.
މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވަމުންދާއިރު، މީކާއިލް އިތުރަށް ވިދާޅުވީ އާންމު ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ހާދިސާގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްވެސް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.

Strongly condemn @policemv’s use of excessive force against MDP member Hussain Riyaz tonight. He is currently being treated at IGMH after suffering a seizure. Police violence against peaceful protesters must be investigated. https://t.co/qY3OS1fyiV
— Meekail Naseem (@MickailNaseem) April 21, 2026
މި ހާދިސާއާ ގުޅިގެން އޭނާ ފިޓުޖެހި، މިހާރު އައި.ޖީ.އެމް.އެޗްގައި ފަރުވާ ދެމުންދާކަން މީކާއިލް ފާހަގަކުރެއްވިއެވެ.
މީކާއިލް ވަނީ ފުލުހުންގެ މިފަދަ އަނިޔާވެރި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ސުލްހަވެރިކަމާއެކު މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގާ މިފަދަ އަމަލުތައް މިހާރުން މިހާރަށް ތަހުގީގު ކުރުމަށް ގޮވާލައްވާފައެވެ.
މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވަމުންދާއިރު، މީކާއިލް އިތުރަށް ވިދާޅުވީ އާންމު ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ހާދިސާގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްވެސް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު