ރައީސް ނަޝީދު ކުޅުދުއްފުށި ސިޓީ އަށް ވަޑައިގެންނެވެމުން ރައްޔިތުން މަރުހަބާ ދަންނަވަނީ
ރައީސް ނަޝީދު ކުޅުދުއްފުށި ސިޓީ އަށް ވަޑައިގެންނެވެމުން ރައްޔިތުން މަރުހަބާ ދަންނަވަނީ
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ފައްޔާޒު އިސްމާއިލް ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންނެވުމުން އެރަށުގެ ގަިނަ ރައްޔިތުން ނުކުމެ ޢެބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެގޮތުން، ރައީސް ނަޝީދު ކުޅުދުއްފުށީ އެއާޕޯޓަށް ފައިބައިވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެއާޕޯޓަށް ޖަމާވެފައެވެ.





މި ދަތުރުފުޅަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ތާއީދު ހޯއްދެވުމަށާއި، ޕާޓީގެ އާންމު މެންބަރުންނާ ބައްދަލުކުރައްވައި ޕާޓީ ހިންގުމާ މެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ނަޝީދު ވަނީ ޗެއާޕާސަން ކަމަށް ކުރިމަތިލައްވަނީ ޕާޓީ ވަރުގަދަކޮށް، ރައްޔިތުން އެދޭ ފަދަ ބަދަލުތަކެއް ގައުމަށް ގެނައުމަށް ކަމަށް ވިދާޅުވެފައެވެ.

ކުޅުދުއްފުއްޓަށް ކުރައްވާ މި ދަތުރުފުޅުގައި އެ ސިޓީގެ އެމްޑީޕީ ހަރުގެތަކަށް ޒިޔާރަތް ކުރެއްވުމާއި، "ދޮރުން ދޮރަށް" ހިންގަވައި ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ އިތުރުން، ޕާޓީގެ އިސް އެކްޓިވިސްޓުންނާ އެކު ހާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނި ގޮތުގައި، ކުޅުދުއްފުށީގެ އިތުރުން ތިލަދުންމަތީގެ އެހެން ރަށްތަކަށްވެސް މި ކެމްޕޭންގެ ތެރެއިން ވަޑައިގަތުމަށް ވަނީ ރޭވިފައެވެ.



ކިޔުންތެރިންގެ ހިޔާލު