އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކާ ދިމާކޮށް އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ވަރުގަދަވެ، ޕާޓީއާ އަލަށް ގުޅުނު މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި އެކަނިވެސް 6،000 އަށްވުރެ ގިނަ މީހުން ވަނީ އަލަށް ޕާޓީއާ ގުޅިފައެވެ.
މިއާއެކު އެމްޑީޕީގެ ޖުމްލަ މެންބަރުންގެ އަދަދު މިހާރު ވަނީ 50،000 އަށް އަރާފައެވެ. މިކަމާ ގުޅޭގޮތުން އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިއްޔެ 44،000 މެންބަރުން އެމްޑީޕީގައި ތިއްބާ މިއަދު އެ އަދަދު 50،000 އަށް އުފުލިފައިވާ ކަމަށެވެ. ނަމަވެސް، ވިސްނުންތެރިކަމާއެކު ފުރުސަތު ދީގެން މިކަން ކުރިނަމަ ޕާޓީގެ މެންބަރޝިޕް 60،000 އަށް އެރުވޭނެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ފޯރިގަދަވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިޚާބުކުރުމަށް ތައްޔާރުވަމުންދަނިކޮށެވެ. އެގޮތުން އެމްޑީޕީން މިހާރު ވަނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޕާޓީގެ އިއުލާނުގައިވާ ގޮތުން، އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ޕާޓީގެ މެންބަރަކަށް ވުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ގާނޫނީ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ މީހަކަށް ވާންޖެހެއެވެ.
ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ. މި މަގާމަށް ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ރައީސްކަމަށް ރައީސް ނަޝީދުގެ ތާއީދާއެކު ފައްޔާޒު އިސްމާއީލް ވާދަކުރައްވާނެކަން ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް އަދި އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމާ ބެހޭގޮތުން އެޕާޓީން އެއްވެސް އިއުލާނެއްކޮށްފައެއް ނުވެއެވެ.
އެމްޑީޕީގެ ކުރިއަށް އޮތް އެޕާޓީގެ ޗެއާޕާސަން ހޮވުވުމުގެ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ލިބޭނީ ރޭގެ މެންދަމު 12:00 ގެ ކުރިން ޕާޓީގެ މެންބަރަކަށް ވުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. މިހެންކަމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު އެމްޑީޕީއަށް ސޮއިކޮށްފައިވާކަމަށް އެޕާޓީގެ ގިނަ މެންބަރުން ފާހަގަކުރެއެވެ.

އިއްޔެ 44000 މެމްބަރުން އެމްޑީޕީ ގައި ތިއްބާ މިއަދު މެމްބަރޝިޕް އަދަދު އެ އެރީ 50000 އަށް. އަދި ވިސްނުންތެރިކަމާއެކު ފުރުސަތު ދީގެން މިކަން ކުރިނަމަ ޕާޓީގެ މެންބަރޝިޕް 60000 އަށް އެރުވޭނެ ފުރުަސަތު މި ގެއްލުނީ.
— Fayyaz Ismail (@faya_i) April 22, 2026
މި ފޯރިގަދަވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިޚާބުކުރުމަށް ތައްޔާރުވަމުންދަނިކޮށެވެ. އެގޮތުން އެމްޑީޕީން މިހާރު ވަނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޕާޓީގެ އިއުލާނުގައިވާ ގޮތުން، އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ޕާޓީގެ މެންބަރަކަށް ވުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ގާނޫނީ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ މީހަކަށް ވާންޖެހެއެވެ.
ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ. މި މަގާމަށް ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީއެވެ.
ޗެއަރޕާސަން އިންތިޚާބަށް ހުޅުވާލުންhttps://t.co/5PcUQ1dyB0
— MDP Secretariat (@MDPSecretariat) April 22, 2026
މީގެ އިތުރުން، އެމްޑީޕީގެ ރައީސްކަމަށް ރައީސް ނަޝީދުގެ ތާއީދާއެކު ފައްޔާޒު އިސްމާއީލް ވާދަކުރައްވާނެކަން ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް އަދި އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމާ ބެހޭގޮތުން އެޕާޓީން އެއްވެސް އިއުލާނެއްކޮށްފައެއް ނުވެއެވެ.
އެމްޑީޕީގެ ކުރިއަށް އޮތް އެޕާޓީގެ ޗެއާޕާސަން ހޮވުވުމުގެ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ލިބޭނީ ރޭގެ މެންދަމު 12:00 ގެ ކުރިން ޕާޓީގެ މެންބަރަކަށް ވުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. މިހެންކަމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު އެމްޑީޕީއަށް ސޮއިކޮށްފައިވާކަމަށް އެޕާޓީގެ ގިނަ މެންބަރުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު