ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ އިސްވެރިން އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ވާހަކަދައްކަވަން ލަނދުގަނެގެން ނުފުދޭކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިހެން ވިދާޅުވީ ނުޙައްގުން މުއްސަދިކަން ހޯދާ ދައުލަތުން ވައްކަންކުރި މީހުންނަށް އަދަބު ދިނުމުގެ ވާހަކަ ދައްކަވަން "މިހާރު ކުޑަކޮށް ލަދުގަންނަ" ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އިއްޔެ ދެއްކެވި ވާހަކަފުޅުތަކާ ގުޅުވައިގެނެވެ. އީވާ ވިދާޅުވީ އެމްޑީޕީއަށް ސަރުކާރާއި މަޖިލިސްވެސް ލިބިއްޖެކަމަށާއި ނަމަވެސް އަދިވެސް އެއްވެސް ނަތީޖާއެއް ނުނެރެވޭކަމަށެވެ.



އީވާގެ ވާހަކަތަކަށް ރައްދުދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ އެމްޑީޕީގެ އިސްވެރިން އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ވާހަކަދައްކަން ލަނދުގަނެގެން އެކަނި ނުފުދޭކަމަށެވެ. އަދި އަމިއްލަ ޕާޓީގެ ތެރެއިން ކޮރަޕްޝަން ނުހުއްޓުވުނު ބަޔަކަށް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ޖަމީލު ސުވާލު ކުރެއްވިއެވެ.

ޖަމީލް ވިދާޅުވީ ޚިޔާނާތުގެ "ސިހުރުގައި" އެމްޑީޕީ އޮތީ ޤައިދުވެފައިކަމަށާއި، ބޮޑު ހިޔާނާތުގެ އަޑީގައި ތިބި މީހުން މިއަދު ހީރޯއިންނަށް ވެފައިވާކަމަށެވެ.

ބޮޑު ހިޔާނާތުގެ އަޑީގައި ތިބި މީހުން މިއަދު ހީރޯއިންނަށް ވެފައިވާކަމަށް ޖަމީލް ވިދާޅުވިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި މީހުންގެ ނަންތައް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ހާމަކުރެއްވުމަކީ ގައުމީ މަސައްކަތެއްކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ރާއްޖޭގައި މިފަހުގެ ތާރީޚެއްގައި ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތް ކަމަށް ބެލެވޭ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ މިހާރުގެ މަޖިލިސް މެންބަރުންނަށާއި ކުރީގެ މަޖިލިސް މެންބަރުންނަށާއި މިނިވަން މުއައްސަސާތަކުގެ ބައެއް މެންބަރުންނަށާއި ޕާޓީ ތަކުގެ އެކި ފެންވަރުގެ ފަރާތްތަކަށް ލިބިފައިވާ ކަމަށް އެކި ރިޕޯޓްތަކުން ހާމަވެއެވެ. އެގޮތުން ކުރީގެ ނާއިބް ރައީސް އަދީބުވެސް އޭނާގެ ޝަރީޢަތުގެ އަޑުއެހުން ތަކުގައި މިފަދަ އެކި ފަރާތްތަކުގެ މައުލޫމާތު ހާމަކުރަށްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން