މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ރައްޔިތުންގެ މަޖިލީހަކީ ގެރި ބަކަރި ވިއްކާ ޒާތުގެ ބާޒާރަކަށްވުމުގެ ބިރު ބޮޑުކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ބަރުލަމާނީ ނިޒާމެއްގައި މަޖިލިސް ގެރި ބަކަރި ވިއްކަން ހުންނަ ޒާތުގެ ބާޒާރަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑު" ކަމަށެވެ.



ޝަރީފް މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ސީދާ ކޮން މާނައެއްގައި ކަމެއް ނޭނގޭއެވެ. ނަމަވެސް މިދުވަސްކޮޅަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިގެން އެކަމާ ގުޅޭ މަސައްކަތްތަކެއް މަޖިލީހުގައި ކުރިއަށްދާ ދުވަސްވަރެކެވެ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، ރައީސް ނަޝީދަކީ އެކަމަށް ވަރަށް ބޮޑަށް ތާޢީދުކުރައްވާ ބޭފުޅެކެވެ. އަދި މިއަދު ވަނީ އެބިލުގެ ފުރަތަމަ ކިޔުން ކުރިއަށް ގެންގޮސް ބަހުސަށް ހުޅުވާލަން ނިންމާފައެވެ.

ބެލެވޭ ގޮތުގައި ޝަރީފު އެ ވިދާޅުވަނީ ބަރުލަމާނީ ނިޒާމަށް ވެރިކަން ހިންގަމުންދާ އަވަށްޓެރި ބައެއް ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސް ތަކުން ފެންނަ މަންޒަރުތަކަށް އިޝާރާތް ކުރަށްވައި ވެރިކަމުގެ ނިޒާމު ބަދަލުވެގެން ދިއުމުން އެފަދަ މަންޒަރުތަކެއް ރާއްޖެއިން ވެސް ފެނިގެން ހިނގައިދާނެ ކަމުގެ ވާހަކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން