އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން މިރޭ ބޭއްވި އެއްވުމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެން، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މުޒާހަރާގެ ބައިވެރިންނާ މުހާތަބު ކުރައްވައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މި ވެރިކަން އައިފަހުން ގައުމުގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުން ކަމަށާއި، ސަރުކާރު ހިންގާ ގޮތުން ގައުމު ބަނގުރޫޓުވުމުގެ ބިރު އެބައޮތް ކަމަށެވެ. ހާއްސަކޮށް ދައުލަތުގެ ކުންފުނިތަކާއި ބޭންކުތައް ބަނގުރޫޓުވަމުންދާ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
އާޒިމްގެ ވާހަކަފުޅުގައި އެންމެ ބޮޑަށް އަލިއަޅުއްވާލެއްވީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ޑޮލަރުގެ މައްސަލައަކީ ޑޮލަރު ނެތިގެން ދިމާވާ މައްސަލައެއް ނޫން ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަ ފައިދާއަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
އަދި އެއާޕޯޓަށް ލިބޭ ޑޮލަރު ބޭރުގެ ފަރާތްތަކަށް ދޫކުރަމުންދާ ކަމަށް ބުނެ، އެކަމުގެ ސަބަބުން އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން ބޭކާރު ގޮތުގައި ސިޔާސީ މަގާމުތައް އިތުރުކޮށް، ދައުލަތުގެ ފައިސާ އިސްރާފުކުރަމުންދާ ކަމަށް ވިދާޅުވެ އަޒީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކުރީގެ ސަރުކާރު ނިމުނުއިރު ދައުލަތުގައި ފައިސާއާއި ޑޮލަރު ހުރި ނަމަވެސް، މިހާރު އެ ފައިސާތައް އިސްރާފުކޮށް ހުސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމްގެ ވާހަކަ ނިންމާލެއްވީ، ގައުމުގެ މި ހާލަތު ބަދަލުކުރުމަށްޓަކައި ރައްޔިތުން ނުކުމެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގޮވާލައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު