ސިޔާސީ ހަރަކާތްތައް ހިންގުމުގައާއި ޚިޔާލުފާޅުކުރުމުގައި ބިރުވެރިކަމެއް ނެތް، ރައްކާތެރި މާހައުލެއް ކަށަވަރުވެފައި އޮންނަންވާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުވީ، ރޭ މާލޭގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މާލޭގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދިން މައްސަލައާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ފައިސަލް ވިދާޅުވީ، މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި އެއްވުމެއްގެ ތެރެއިން، އެ ބޭފުޅާގެ ހަށިކޮޅަށް ނުރައްކާވާ ފަދަ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއްކަން ފައިސަލް ފާހަގަކުރެއްވިއެވެ.
ފައިސަލްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ސިޔާސީ ހަރަކާތްތަކަށް ބިރުވެރިކަމެއް ނެތި، ރައްކާތެރި މާހައުލެއް އޮންނަންވާނެ ކަމަށެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްމެ، ރައްކާތެރިކަމާއި ހަމަހަމަކަމާއެކު ލިބިދޭންޖެހޭ އަސާސީ ހައްގެއްކަންވެސް ފައިސަލް ހަނދާންކޮށްދެއްވިއެވެ.
ރޭގެ މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާ ދިނުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސިޔާސީ ހަރަކާތްތަކުގެ ތެރެއިން މިފަދަ އަނިޔާވެރި އަމަލުތައް ހިންގުމަކީ ޑިމޮކްރަސީގެ ހަމަތަކާ ޚިލާފު ކަމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ސިފަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު