ޕާޓީއަށް ލިބޭ ފައިސާ އަށް ވާގޮތް ނޭނގޭ ކަމަށާއި އަމާޒަކީ ޕާޓީގެ މާލީ ހިންގުން ހަރުދަނާކުރުން ކަމަށް ވިދާޅުވެ، ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް ނަސީމް، ވައުދެވެވަދައިގެންފިއެވެ.
ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރޭގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށަށް ކުރެއްވި ދަތުރުތަކުން، ޕާޓީގެ އާންމު މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޕާޓީގެ މާލީ ހިންގުން އޮތް ގޮތް ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"އެމީހުންގެ އެންމެ ބޮޑު ޝަކުވާއަކީ މި ޕާޓީއަށް ލިބޭ ފައިސާ، އެމީހުންގެވެސް ނަމުގައި މި ޕާޓީއަށް ލިބޭ ފައިސާއަށްވާ ގޮތް ނޭނގޭ ކަމާ މެދު އޮތް ޝަކުވާ،" މީކާއިލް ވިދާޅުވިއެވެ.
މީކާއިލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ މެންބަރޝިޕް އިތުރުވެ، ރިޔާސީ އިންތިޚާބާ ހަމައަށް ބޮޑެތި އަދަދުތަކުން ފައިސާ ލިބުނު ނަމަވެސް، މިއަދު ޕާޓީގެ ބޭންކް އެކައުންޓް އޮތީ ފްރީޒްވެފައެވެ.
ޕާޓީއަށް 20 އަހަރު ވެގެންދާއިރު، ދެފުށް ފެންނަ މާލީ ނިޒާމެއް ނެތުމަކީ އާންމު މެންބަރުން ކުރަމުންދާ ސުވާލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާގެ ޗެއަރޕާސަން ކަމެއްގައި، ޕާޓީއަށް ލިބޭ ފައިސާއާއި ހަރުމުދަލަށް ވާގޮތް އާންމު މެންބަރުންނަށް އަންގަވާނެ ކަމަށާއި، ޕާޓީގެ ފައިސާއަކީ މެންބަރުންގެ ކުރިމަގަށްޓަކައި އިންސާފުވެރިކަމާއެކު ހޭދަކުރެވޭ ފައިސާއަކަށް ހައްދަވާނެ ކަމަށްވެސް މީކާއިލް ވައުދުވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު