މިނިސްޓާ އޮފް ޓްރާންސްޕޯޓް އޮނަރަބަލް އައިޝަތު ނަހުލާ
މިނިސްޓާ އޮފް ޓްރާންސްޕޯޓް އޮނަރަބަލް އައިޝަތު ނަހުލާ
ކުރިށް އޮތް ފަސްއަހަރަށް ކަނޑައަޅާފައިވާ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު ޓްރާސްޕޯޓް މިނިސްޓްރީން އެކުލަވާލައި މިއަދު އާންމުކޮށްފިއެވެ.

"ފްލައިޓް ޕްލޭން 2020-2025" ގެ ނަމުގައި މިއަދު މިނިސްޓާ އޮފް ޓްރާންސްޕޯޓް އައިޝަތު ނަހުލާ ސޮއި ކުރެއްވި މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދުރުރާސްތާ ސިޔާސަތުތަކެއް އެކުލާވާލެވި ކަރުދާހަށް ތިރިކުރެވުނު ފުރަތަމަ އެއްބަސްވުމެވެ.



ފަސް ތަނބެއްގެ މައްޗަށް ބިނާވެގެން ވާ "ފްލައިޓް ޕްލޭން 2020-2025" ގެ މަގްސަދަކީ ސަލާމަތްތެރިކަމާއެކު ތިމާވެއްޓަށް ރައްކާތެރިގޮތެއްގައި އަދި އިގްތިސާދީގޮތުން ދެމެހެއްޓެނެވި ގޮތެއްގައި ދިވެހިން އެކަކު އަނެކަކާ އަދި ދުނިޔެއާ ގުޅުވައިދިނުމެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނެފައިވަނީ މިއީ ރާއްޖޭގެ އޭވިއޭޝަން ސިނާއަތަށް ލިބުނު ތާރީޚީ ކުރިއެރުމެއް ކަމަށެވެ. އަދި މިއީ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުންނާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން އިސްކަންދީގެން ކުރާނެ މުހިންމު މަސައްކަތްތަކުގެ މަގު ޗާޓެއް އެކުލަވާލެވި، ސަރުކާރާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ ބައިވެރިންނަށް އެއް މިސްރާބަކަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދެވޭނެ އެއްބަސްވުމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން