މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އެމްޑީޕީގެ މަޝްހޫރު އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ތުހުމަތުކުރެވުނު މީހާ، މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އަލުން ހައްޔަރުކޮށްފިއެވެ.
ގއ. ދާންދޫއަށް ނިސްބަތްވާ މި ޒުވާނާ ކުރިން ހައްޔަރުކުރުމަށްފަހު ބަންދުން ދޫކޮށްލާފައި ހުރި ނަމަވެސް، މިފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމުގެ އިތުރުން އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ.
މި މައްސަލައާ ގުޅިގެން އޭނާ އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
ކޯޓުން ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ބެލެވޭ ފަދަ އެކަށީގެންވާ ހެކި ފުލުހުން ވަނީ ހުށަހަޅާފައެވެ.
އޭގެ ތެރޭގައި ކަސްޓަމްސް އާއި ފުލުހުންގެ ބަޔާންތަކުގެ އިތުރުން، އަތުލައިގަނެވުނު ތަކެތީގެ ތަހުލީލު ރިޕޯޓާއި، ސީން އޮފް ކްރައިމް އޮފިސަރުންގެ ރިޕޯޓު ހިމެނެއެވެ.
މީގެ އިތުރުން، އޭނާގެ މޯބައިލް ފޯނުން ނަގާފައިވާ މައުލޫމާތުތަކާއި އޭނާގެ ކުށުގެ ރެކޯޑަށް ރިއާޔަތްކޮށް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މަންދީއަށް ހަމަލާދިން މައްސަލައިގައި ކުރިން ހައްޔަރުކުރި މި ޒުވާނާ، އަނެއްކާވެސް ބޮޑު ކުށެއްގެ ތުހުމަތުގައި މިވަނީ ބަންދުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު