ޑރ.އިޔާޒާއި ބާކައުންސިލްގެ އެސްކޯގެ ބައެއް މެމްބަރުން
ޑރ.އިޔާޒާއި ބާކައުންސިލްގެ އެސްކޯގެ ބައެއް މެމްބަރުން
އިސްލާމީ ޝަރީއަތުގެ ފުރިހަމަ ކަން ނޭގޭނަމަ ބާކައުންސިލްގެ މެމްބަރުން ގާނޫނީ ދާއިރާއަށް ޝަރުތު ހަމަނުވާ ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ޑރ.މުހަންމަދު އިޔާޒް އަބުދުލްލަތީފް ވިދާޅުވެއްޖެއެވެ.

މަދީނާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިގުރީ ޙާޞިލުކުރާ ފަރާތްތަކަށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ނުދިނުމަށް ބާ ކައުންސިލުން ނިންމި ނިންމުމާ ދެކޮޅަށް ދީނީ އިލްމުވެރިން ވަނީ ތެދުވެވަޑައިގެންފައެވެ.

އެކަމާ ގުޅިގެން މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ.މުހަންމަދު އިޔާޒް ވިދާޅުވީ އިސްލާމީ ޝަރީއާ ގާނޫނީ ނިޒާމަކީ އެންމެ ފުރިހަމަ ގާނޫނީ ނިޒާމް ކަމަށެވެ. އަދި ބާކައުންސިލް މެމްބަރުންނަށް އިސްލާމީ ޝަރީއާގެ ގާނޫނީ ފުރިހަމަކަން ފަހުމު ނުވާނަމަ އެދާއިރާއަށް ޝަރުތު ހަމަނުވާ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. ޝަރީއަތް ކުރާ ފަނޑިޔާރުންނާއި، ވަކާލާތު ކުރަށްވަން ވަޑައިގަންނަވާ ވަކީލުންނަށް ވެސް އިސްލާމީ ޝަރީއާ ރަނގަޅަށް ސާފުވެފައި އޮތުމަކީ މުހިންމު ކަމެއްކަން ޑރ.އިޔާޒް ވަނީ ފާހަގަކުރަށްވާފައެވެ.

"މަދީނާ އިސްލާމިކް ޔުނިވަސިޓީގެ މުގައްރަރު ލިޔެފައި އޮންނަނީ އަރަބިބަހުން ކަމަށްވާތީ ބާ ކައުންސިލްގެ ގިނަ މެމްބަރުންނަށް އޭގައި ބުނާ އެއްޗެއް ފަހުމް ނުވުން އެއީ ގުރެޖެއޭޓްގެ މައްސަލަ އެއް ނޫން، ނޭގޭނަމަ ދަސްކުރުން އެއީ މައްސަލަ އެއް ނޫން." ބާ ކައުންސިލް މެނަބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓްގައި ޑރ.އިޔާޒް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އަމަލުކުރަމުން އައި އުސޫލުގެ ދަށުން އިސްލާމީ ޝަރީޢަތުގެ ދާއިރާއިން ކިޔަވާވިދާޅުވާ ބޭފުޅުންނަށްވެސް ވަކާލާތުކުރުމުގެ ހުއްދަ ކުރިން ދެއެވެ. ނަމަވެސް އިސްލާމީ ޝަރީޢާ އެކަނި ކިޔަވާ ފަރާތްތަކަށް ވަކާލާތު ނުކުރެވޭ ގޮތަށް ރައްޔިތުން މަޖިލިހުން ޤާނޫނީ ފަންނުގެ ޤާނޫނު ފަރުމާކުރިއިރު ވަނީ ކަނޑައަޅާފައެވެ.

މިމައްސަލައިގައި ރާއްޖޭގެ ވަރަށް ގިނަ ދީނީ ޢިލްމުވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި މިކަން އަލުން މުރާޖަޢާ ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން