ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ކެންޕޭނު ލަވަތަކަކީ އަބަދުވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ލިބޭ އެއްޗެކެވެ. މިގޮތުން މި ދުވަސްވަރު އެންމެ ބާރަށް އިވެމުންދާ އެއް ލަވަޔަކީ "ނަޝީދު ނަންބަރު ވަން" މި ލަވައެވެ. މި ލަވައިގެ ފަހަތުގައިވާ ޝައުޤުވެރި ވާހަކަތައް، ލަވައިގެ ޝާއިރު އަލްފާޟިލް ނަފާ ނަސީމް ވަނީ ދާދި ފަހުން ޙިއްސާކުރަށްވާފައެވެ.
އުފެއްދުންތެރިކަމުގެ 24 ގަޑިއިރު
މި ލަވައިގެ ޝާއިރު ނަފާ ނަސީމް ސިފަކުރެއްވި ގޮތުގައި، "ނަޝީދު ނަންބަރު ވަން" އަކީ އޭނާގެ ޝާއިރީ ޙަޔާތުގައި މިހާތަނަށް ހެދުނު އެންމެ ރީތި އެއް ކެންޕޭނު ލަވައެވެ. މި ލަވައިގެ މަސައްކަތް ކުރިއަށްދިޔަ ގޮތާ ބެހޭގޮތުން އޭނާ ވިދާޅުވީ، މުޅި ލަވައިގެ މަސައްކަތް އެއްކޮށް ނިންމާލެވުނީ އެންމެ 24 ގަޑިއިރުގެ ތެރޭގައި ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ކަމަށެވެ.
މި މަސައްކަތުގައި ރާއްޖޭގެ މިއުޒިކީ ދާއިރާގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ މުޚްތާރު އާދަމް އާއި ތިއްތިގެ ދައުރު ނަފާ ނަސީމް ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރަށްވާފައެވެ. ލަވައިގެ ރާގާއި، ވޯކަލްސް، މިއުޒިކް އަދި ރެކޯޑިންގގެ ހުރިހާ މަސައްކަތެއް ފުރިހަމަކޮށްދެއްވީ މި ދެ ފަންނާނުންނެވެ. އެ ދުވަހުގެ ހަނދާންތައް އައުކުރައްވަމުން ނަފާ ނަސީމް ވިދާޅުވީ، "އެވެސް ދުވަހެއް ދޯ ރައީސް ނަޝީދު" މިހެންނެވެ.
ލަވައިގެ މާނަވީ ކަރުދާސް
މި ލަވައިގެ ކޮންމެ ބައިތަކުންވެސް ފެންނަނީ ޤައުމީ ލޯތްބާއި، އުއްމީދީ މުސްތަޤުބަލެއްގެ ތަޞައްވުރެވެ. ލަވައިގައި ބޭނުންކޮށްފައިވާ ފާހަގަކޮށްލެވޭ ބައެއް ބައިތަކަށް ބަލާއިރު:
"ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް، ހިތާހިތުން ގުޅިގެން އެކީގަ އެމްޑީޕީ. ހިނގާ ދެމާ ވޯޓެއް ނަޝީދު ނަންބަރު ވަން، ހިނގާ ހޮވަން އެންމެން ނަޝީދު ނަންބަރު ވަން."
މި ލަވައިގައި ދަރިންގެ ކުރިމަގު ބައްޓަން ކުރުމަށާއި، ޤައުމުގެ މުސްތަޤުބަލް އުޖާލާކުރުމަށް ރައީސް ނަޝީދު ކުރަށްވާ މަސައްކަތުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހި ރައްޔިތުންނަށް އަރުވާފައިވެއެވެ. ހަމައެއާއެކު ވަރުބަލިކަމެއް ނެތި، އަތާއި އަތް ގުޅާލައިގެން ޤައުމު ބިނާކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް ލަވައިގައި ވަނީ އެދިފައެވެ.
ލަވައިގެ ޅެން
ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް، ހިތާހިތުން ގުޅިގެން އެކީގަ އެމްޑީޕީ
ހިނގާ ދެމާ ވޯޓެއް ނަޝީދު ނަންބަރު ވަން، ހިނގާ ހޮވަން އެންމެން ނަޝީދު ނަންބަރު ވަން
ހިނގާށެ ނަލަ ކުރުމަށް ދަރިންގެ ފަހި ކުރިމަގު، ހިނގާ ރުވަން ފެންދީ މިގަސްތަކާ މަތިވަރު
ހިނގާ އުޖާލާ ކުރުމަށް މިއުދަރެހާ މިފަލަކް، ހިނގާ ނަފާ ހޯދަން ހިނގާ ކުޅެން ކުޅިވަރު
ހިނގާ މަށާ އެކުގާ ނުވާނަމޭ ވަރުބަލި، މަމީ ނަޝީދޭމީ ހިނގާ ނަގަން ބުންވަރު
ހިފާ މަގޭ އަތުގާ މިރޯކުރީ ދަންމަރު، ބިނާކުރަން ގައުމާ ވަތަންގެ ފެހި މަންޒަރު
ހިމާޔަތާ ނަސްރާ ކަލާނގެ ދެއްވާނޭ، ހިނގާބަހީ އާދޭ އެކީގަ އެމްޑީޕީ
ހިނގާދަމާ ބާރަށް ހިނގާދަމާ ކުރިއަށް، ހިތާހިތުން ގުޅިގެން އެކީގަ އެމްޑީޕީ

ސިޔާސީ މަސްރަޙުގައި ލަވައިގެ ނުފޫޒު
މިއީ 2023 ވަނަ އަހަރުގެ އެމްޑީޕީ ޕްރައިމަރީއަށް ތައްޔާރުކުރި ލަވައެއް ނަމަވެސް، މި ލަވައިގެ ފޯރި މިދުވަސްވަރު ވަނީ ގަދަވެފައެވެ. ޚާއްޞަކޮށް މި ދުވަސްވަރު ކުރިއަށްދާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ތެރޭގައި މި ލަވަޔަކީ އެންމެ ގިނަބަޔަކު އެންމެ ބާރަށް ޖަހަމުންދާ އަދި ގިނަ ބައެއްގެ މެދުގައި މަޤުބޫލު ލަވައަކަށް ވަނީ ވެފައެވެ.
ނަފާ ނަސީމް ލަވައިގައި ގެނެސްދީފައިވާ އިޙްސާސްތަކާއި، ފަންނާނުންގެ ހުނަރުވެރިކަން އެކުލެވިގެން އުފެދުނު މި ލަވަޔަކީ ހަމައެކަނި ކެންޕޭނު ލަވައެއް ނޫނެވެ. އެއީ އެތައް ބައެއްގެ ޖޯޝާއި ފޯރި ހޭލައްވާލި، މާނަފުން މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު