ފިލްމީތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ
ފިލްމީތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ
އާއިލާގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ފިލްމީތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ޔުނާން އާއި ރިހުލާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ އާއިލާގެ ކުޑަފިރިހެން ކުއްޖަކާއި ބަދުއަޙްލާޤީ އަމަލު ހިންގި ކަމުގެ ތުހުމަތެވެ. އެ މައްސަލާގައި އެދެމަފިރިން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ދެމަފިިރިން ހައްޔަރުކޮށްފައި ވަނީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ މައްސަލައެއް އޮކްޓޯބަރު ތިން ވަނަ ދުވަހު ހުށަހެޅުމުން ކަމަށް ފުލުހުން ބުނެ އެވެ.

މި މީހުން ހައްޔަރުކޮށް ފުރަތަމަ ބަންދަށް ޖަހާފައި ވަނީ ހަތް ދުވަހެވެ. އެ ހަތް ދުވަސް ހަމަވުމުން ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން