ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، އެ ކުންފުނީގެ ކުރީގެ ޗެއާމަން މުޙައްމަދު އަފީފް ޙުސައިން މިއަދު އައްޔަނުކުރައްވައިފިއެވެ.
ފެނަކައަށް އާ މެނޭޖިން ޑިރެކްޓަރަކު މި އައްޔަނުކުރީ، އެ މަގާމުގައި އެންމެ ފަހުން ހުންނެވި މުޙައްމަދު ނަޖާހު މި މަހުގެ 6 ވަނަ ދުވަހު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސޯޝަލް މީޑިއާގައި މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ މއ. ވޭވްސައިޑް 304 ފްލެޓް، މުޙައްމަދު އަފީފެވެ.
މުޙައްމަދު އަފީފަކީ ދައުލަތުގެ އެކި ދާއިރާތަކުގައި 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ފެނަކައިގެ އެމްޑީގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއާމަންގެ މަގާމުގައެވެ. މީގެއިތުރުން، ސްޓެލްކޯ އާއި ފެނަކައިގެ ޗެއާމަންގެ މަގާމުވެސް އޭނާ ކުރިން ފުރުއްވާފައިވެއެވެ.
ސަރުކާރުގެ އިދާރީ އެކި ދާއިރާތަކުގައިވެސް އަފީފު ވަނީ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން، އެކި މިނިސްޓްރީތަކުގެ ޕަބްލިކް ވޯކްސް، ހައުސިން އަދި ކޯޕަރޭޓް ޑިޕާޓްމަންޓްތަކުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުތައް ފާހަގަކޮށްލެވެއެވެ.
އަފީފަކީ މި ސަރުކާރުގައި އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަނުކުރެއްވި ތިންވަނަ ފަރާތެވެ.

ކިޔުންތެރިންގެ ހިޔާލު