ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު މިއަދު އޮތީ އިންތިހާ ދަރަޖައިގެ ނާޒުކު ފައްތަރެއްގައެވެ. އާންމު ރައްޔިތުންގެ އެންމެ އަސާސީ އެއް ހައްގު ކަމަށްވާ، ބަލިވުމުން ބޭނުންވާ ފަރުވާއާއި ބޭސް ލިބުމުގެ މަގު ވަނީ ވަރަށް ބޮޑަށް ބަންދުވެފައެވެ. ރާއްޖޭގެ ބޭހުގެ ބާޒާރުން އަސާސީ ބޭސްތައް ހުސްވެ، ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ އެތައް ހާސް ރައްޔިތުންނެއް މިއަދު ތިބީ ބޭސް ސިޓީ ހިފައިގެން މުޅި ރަށުގައާއި މާލޭގެ މަގުތަކުގައި ބޭސް ހޯދުމަށް ސަލާންޖަހާ ފަދަ ހާލަތެއްގައެވެ. މި މައްސަލައިގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިކަމަށްދޭ ޖަވާބުތަކަކީ ރައްޔިތުންގެ ވޭނަށް އެއްވެސް އަޅާލުމެއް ނެތް، ޒިންމާދާރުކަން ކުޑަ ޖަވާބުތަކެކެވެ.
މި މައްސަލައިގެ ބޮޑުކަމާއި ރައްޔިތުންގެ ޝަކުވާތައް އިތުރުވުމާ ގުޅިގެން، ބޭސް އެތެރެކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ސަރުކާރުގެ ބޭސްކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އިތުރުން އަސާސީ ބޭސްތަކުގެ ލިސްޓު މުރާޖައާކުރާ ކޮމިޓީގެ މެންބަރުން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިހާރު ވަނީ ދެފަހަރު މަތިން އެދިވަޑައިގެންފައެވެ. މިއީ މި މައްސަލަ އޮތް ނާޒުކު ހިސާބު ހާމަކޮށްދޭ ކަމެކެވެ.
ނަމަވެސް ދައުލަތުގެ މީޑިއާގައި ހެލްތު މިނިސްޓަރު ގީލާ އަލީ ދާދިފަހުން ދެއްކެވި ވާހަކަފުޅުން ދޭހަވީ، ރަށްރަށުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކުގެ އެއްވެސް މިންވަރެއް ސަރުކާރަށް އިހުސާސް ނުކުރެވޭ ކަމާއި، ބޭސް ފޯރުކޮށްދިނުމުގައި ސަރުކާރުގެ އިންސާފެއް ނެތްކަމެވެ. މިނިސްޓަރު ވިދާޅުވީ، ބޭސް ނުލިބިގެން ރައްޔިތުން ބޭސް ސިޓީ ހިފައިގެން އެއް ތަނުން އަނެއް ތަނަށް ދާންޖެހޭކަން އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ރަށްރަށުގައި މި ޕްރޮސެސް "ތަންކޮޅެއް ފަސޭހަ" ކަމަށެވެ. މިނިސްޓަރުގެ މި ޖުމްލައަކީ ރަށްރަށުގެ ރައްޔިތުންގެ ވޭނަށް ކުރި މަލާމާތެކެވެ. ރަށެއްގައި ހުންނަ ހަތަރު ފަސް ފާމަސީއަކަށް ގޮސްގެން ބޭސް ލިބިދާނެ ކަމަށް ނުވަތަ ޖެހިގެން އޮތް ރަށުން ލިބިދާނެ ކަމަށް މިނިސްޓަރު ވިދާޅުވާއިރު، އެއީ ކޮންފަދަ ބޮޑު ތަކުލީފެއްކަން އިހުސާސް ކުރެއްވޭ ބާވައެވެ؟
ރަށްރަށުން ބޭސް ނުލިބިގެން ކޮންމެ ފަހަރަކު މާލެއަށް ބޭސް ސިޓީ ފޮނުވަން ޖެހުމާއި، މާލޭގެ ފާމަސީތަކުން ވެސް އެ ބޭސް ނުލިބިއްޖެ ނަމަ، އަލުން ހޮސްޕިޓަލަށް ގޮސް ބޭސް ސިޓީ ބަދަލުކުރުމަށް އެތައް ދުވަހެއްގެ ކިއޫއެއްގައި ޖެހި އިންތިޒާރު ކުރަންޖެހުމަކީ ރަށްފުށުގެ ރައްޔިތުން މިއަދު އުފުލަންޖެހިފައިވާ ހިތްދަތި ތަކުލީފެކެވެ. މިނިސްޓަރު ވިދާޅުވާ "ފަސޭހަ" އަކީ މިއީ ހެއްޔެވެ؟ ކަނޑު ދަތުރުކޮށްފައި ޖެހިގެން އޮތް ރަށަށް ބޭސް ހޯދަން ދިއުމަކީ މި ޒަމާނުގައި ސިއްހީ ނިޒާމު އޮންނަންޖެހޭނެ ޙާލަތު ހެއްޔެވެ؟
ހަމައެއާއެކު މިނިސްޓަރު ގީލާ ވިދާޅުވީ، ޑޮކްޓަރުން ބޭސް ލިޔާއިރު ސްޓޮކުގައި ހުރި ބޭސްތައް ބަލައިގެން ލިޔެވޭނެ އިންތިޒާމެއް ހަމަޖައްސަން މަސައްކަތް ކުރަށްވާ ކަމަށެވެ. މިނިސްޓަރު ގީލާއެވެ. މިއީ ސިއްހީ ނިޒާމު ފަހަތަށް އަޅާ ބޮޑު ފިޔަވަޅެކެވެ. ޑޮކްޓަރުންނަކީ ބަލިމީހާ ބަލައި، އެ ބައްޔަށް އެންމެ ފައިދާހުރި، އެންމެ ރަނގަޅު ބޭސް ލިޔަންޖެހޭ ބައެކެވެ. ޑޮކްޓަރުގެ ޒިންމާއަކީ ބަލިމީހާއަށް ޝިފާ ލިބޭނެ ގޮތަށް ބޭސް ސިޓީ ލިޔެދިނުމެވެ. އެކަށީގެންވާ އަވަސް ފަރުވާ ހޯދައިދިނުމެވެ. އެއީ ފާމަސީގެ ސްޓޮކް މެނޭޖުކުރާ ނުވަތަ އިންވެންޓްރީ ބަލަހައްޓާ ކްލާކުންނެއް ނޫނެވެ. ސްޓޮކް މެނޭޖު ކުރުމަކީ ޑޮކްޓަރުންގެ ޒިންމާއެއް ނޫނެވެ.
ބޭސް ކުންފުނިތަކުގެ ނުކުޅެދުންތެރިކަމުން ސްޓޮކް ހުސްވުމުން، އެކަމުގެ ބުރަ ޑޮކްޓަރުންގެ ބޮލުގައި އެޅުވުމަކީ ބަލިމީހާގެ ސިއްހަތަށް ދެވޭ ބޮޑު ގެއްލުމެކެވެ. ބައްޔަށް އެންމެ އެކަށޭނަ ބޭސް ހުއްޓައި، ހަމައެކަނި ސްޓޮކުގައި ހުރީތީ އެހެން ބޭހެއް ލިޔަން މަޖުބޫރު ކުރުވުމަކީ ބަލިމީހާގެ ފުރާނައާ ކުޅުމެވެ. ސްޓޮކް މެނޭޖު ކުރުމަކީ ސަރުކާރުގެ ކުންފުނިތަކާއި ކަމާބެހޭ އިދާރާތަކުގެ ޒިންމާއެކެވެ. އެކަން ނުކުރެވިގެން، ޑޮކްޓަރުންގެ އަތްފައި ބަނދެލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަށް ބޭނުންވަނީ ޖުމްލަ ހައްލެކެވެ. އެއީ ތެދެކެވެ. ނަމަވެސް އެ ހައްލަކީ ޑޮކްޓަރުންނަށް ބޭސް ލިޔަންވީ ގޮތް ދަސްކޮށްދިނުމެއް ނޫނެވެ. އެ ހައްލަކީ ބޭސް އެތެރެކުރުމުގެ ނިޒާމު ހަރުދަނާކޮށް، ކޮރަޕްޝަނުން ސަލާމަތްވެފައިވާ، ހާމަކަން ބޮޑު ނިޒާމެއް ގާއިމްކުރުމެވެ. ބޭސް ކުންފުނިތަކުން ބޭސް ގެނައުމުގައި ހުރި ލަސްތަކާއި، ދަރަނިތަކުގެ ސަބަބުން ބޭސް ނުލިބޭ މައްސަލައަށް ހައްލެއް ހޯދުމެވެ.
ރާއްޖޭގެ ބޭހުގެ ބާޒާރު މިއަދު މި އޮތީ ބޮޑެތި ގޯސްތަކުގެ ތެރޭގައި ކަސްތޮޅު އެޅިފައެވެ. ބޭސް ނުލިބިގެން ރައްޔިތުން އުފުލާ ތަކުލީފަކީ ހަމައެކަނި "ލިސްޓެއް" ހަދައިލައިގެން ނުވަތަ ޑޮކްޓަރުންގެ ލިޔުމަށް ބަދަލު ގެނެސްގެން ހައްލުވާނެ ކަމެއް ނޫނެވެ. ސަރުކާރުން މިކަމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިހުތިރާމްކޮށް، ހަގީގީ ހައްލެއް ހޯދައިދޭން ޖެހެއެވެ. ޑޮކްޓަރުންނަށް މިނިވަންކަމާއެކު އެންމެ ރަނގަޅު ފަރުވާ ދެވޭނެ މާހައުލެއް އޮންނަން ޖެހެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނަކީވެސް އިންސާނުންކަން ގަބޫލުކޮށް، އެމީހުންނަށްވެސް ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދޭން ޖެހެއެވެ. ބޭސް ސިޓީ ހިފައިގެން ރައްޔިތުން ސަލާންޖަހަން ޖެހުމަކީ "ލިބޭނެ ކަމަށް ބެލެވޭ" ހައްލަކުން ނިންމާލެވޭނެ ކަމެއް ނޫނެވެ. މިއީ މުޅި ސިއްހީ ނިޒާމު ފެއިލްވެފައިވާ ކަމުގެ ހެއްކެކެވެ.

ކިޔުންތެރިންގެ ހިޔާލު