ކުރީގެ ޓޫރިޒަމް މިނިސްޓަރ، އަލީ ވަހީދު
ކުރީގެ ޓޫރިޒަމް މިނިސްޓަރ، އަލީ ވަހީދު
ޖިންސީ ގޯނާގެ ތުހުމަތުތަކަކާއި ގުޅިގެން މަގާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ، އަލީ ވަހީދަށް ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، އަލީ ވަހީދަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. ކުރީގެ މިނިސްޓަރު އަލީ ވަހީދު މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި ޕީޖީ އޮފީހާއެކު ކުރެވުނު މަޝްވަރާތަކާއި އެއްގޮތަށް އިސްލާހްކޮށް، އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ވަނީ ޕީޖީ އޮފީހާއި މައްސަލައިގެ ލިޔެކިޔުންތައް ހަވާލުކޮށްފައި ކަމަށް ފުލުހުންގެ އިދާރާ އިން ހާމަކުރެއެވެ.

މީގެ ކުރިން ފުލުހުން ވަނީ އެ މައްސަލާގައި ޕީޖީއާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް ބުނެފައެވެ. މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަލީ ވަހީދުގެ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ފެންމަތިވެ ފުލުހުން އެ މައްސަލަ ބަލައި ނިންމާފައިވާއިރު، އެ މައްސަލާގައި މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. މި މައްސަލައިގައި ފުލުހުން ވަނީ އަލީ ވަހީދާއި ސުވާލުކޮށްފައެވެ.

އޭނާ ދިރިއުޅުއްވާ ގެ ވެސް ކޯޓު އަމުރެއްގެ ދަށުންބަލައި ފާސްކޮށް ފޯނާ ލެޕްޓޮޕާއި އިލެކްޓޯނިކްސް ސާމާނު ވެސް ފުލުހުން ވަނީ ގެންގޮސްފައެވެ.

އަލީ ވަހީދުގެ މައްސަލަ ފެންމަތިވެފައި ވަނީ، އޭނާ މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް މިނިސްޓްރީގެ ބައެއް މުވައްޒަފުން ސީދާ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި ބައްދަލުކޮށް ޝަކުވާ ހުށަހެޅުމުންނެވެ. އެކަމާއި ގުޅިގެން އިސްތިއުފާ ދިނުމަށް އެންގުމުން އަލީ ވަހީދު އަމިއްލައަށް އިސްތިއުފާ ނުދެއްވުމުން ފަހުން ރައީސް އިބްރާހީމް ވަނީ އޭނާ މިނިސްޓަރ ކަމުން ވަކިކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން