ރައީސް އިބްރާހިމް އާއި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވަނަ ތައް ހާސިލް ކުރި ދަރިވަރުންނާއެކު ފޮޓޯއެއް ނަންގަވަނީ
ރައީސް އިބްރާހިމް އާއި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވަނަ ތައް ހާސިލް ކުރި ދަރިވަރުންނާއެކު ފޮޓޯއެއް ނަންގަވަނީ
މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިންވަރުންގެ ތެރެއިން ފައިސާއަށް ދަތިވެފައިވާ ފަރާތްތަކަށް މަތީ ތައުލީމް ފުރިހަމަ ކުރުމަށްޓަކައި ޒަކާތު ފަންޑުން އެހީ އަަށް އެދި ހުށައެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީ އިން މިއަދު ހުޅުވާލައިފިއެެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ، މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ ތެރެއިން ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުން، ހާއްސަ އެހީއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ކުރެއްވި ޓްވީޓެއްގައި، މަތީ ތައުލީމަށް ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ ފައިސާގެ ދަތިކަމަށް ހައްލެއް ހޯދުމަށް، މިނިސްޓްރީގެ އެދުމުގެ މަތިން ޒަކާތު ފަންޑުގެ އެހީގައި އެހީ ފޯރުކޮށްދޭން ނިންމާފައިވާތީ އެކަމަށް ޝުކުރު އަދާ ކުރަށްވާފައި ވެއެވެ. މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި މަތީ ތައުލީމު ފުރިހަމަކުރުމަށް ޒަކާތު ފަންޑުން ހާއްސަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތާއި ގުޅޭ އުސޫލު ވަނީ އާއްމުކުރައްވާފައެވެ.

އެހީއަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން