މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސްއަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމިންގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ތާވަލް ނުކުރެވިގެން އުޅެނީ ޖޭއެސްސީގެ ނުފޫޒުން ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ތުހުމަތު ކުރަށްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ހައިކޯޓުގައި އޮތް ރައީސް ޔާމިންގެ އިސްތިއުނާފް މައްސަލަ ތާވަލްކޮށް ދިން އެތަށް ތާރީޚެއް ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. އެމައްސަލަ ހައިކޯޓުގައި ލަސްވަނީ ޖޭއެސްސީ އިން ގާޒީއަށް ނުފޫޒު ފޯރުވަމުންދާތީ ކަމަށް ޝިޔާމް ވަނީ ތުހުމަތު ކުރަށްވާފައެވެ.
"ޖޭއެސްސީގެ ނުފޫޒު ހައިކޯޓަށް އޮތީމާ އިސްފަނޑިޔާރު ރައޫފް އަށް އެމައްސަލަ ޝެޑިއުލް ކޮށްލަން ނުކެރިގެން އެ އުޅެނީ، ޖޭއެސްސީގައި ތިއްބެވި ބޭފުޅުންނަށް އެ މައްސަލަ ނިމޭނެގޮތާއި މެދު ޝަައްކު އުުފެދޭތީވެ އެކަން ނިމޭނެ ގޮތް ޔަގީން ކުރުމަށްޓަކައި އެ ޝަރީއަތްތައް ކެންސަލް ކުރަމުން އެދަނީ." ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވަނީ ޖޭއެސްސީގައި ތިއްބަވާ ދެ މެމްބަރުން ކަމަށްވާ ރައީސް ހިސާން ހުސައިން އާއި މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އެކޮމިޝަނަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ހުއްޓާލެއްވުމަށް ގޮވާލައްވާފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އިން މަނީލޯންޑަރ ކުރެއްވި ކަން ސާބިތުވެ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި، ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. އެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު މައްސަލައިގެ އަޑުއެހުންތައް ވެސް މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު