"އަދަދު" އޮންލައިންއިން ނެރުނު 'އައިޝާ' ޑޮކިއުމަންޓަރީއާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަޙުޤީޤަކީ ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ތަޙުޤީޤަކަށް ހެދުމަށްޓަކައި، އެ މަސައްކަތް ޚާއްޞަ އިންވެސްޓިގޭޓަރަކާ ޙަވާލުކުރަންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ދީދީ ފާހަގަކުރެއްވި ގޮތުގައި، ޖިނާއީ ތަޙުޤީޤު ހިންގުމަށް ޤާނޫނުން މަތިކޮށްފައިވާ ފުލުހުންގެ އިދާރާއަކީ ދާޚިލީ ވަޒީރުގެ ބެލުމުގެ ދަށުން ހިނގަމުންދާ މުއައްސަސާއަކަށް ވީނަމަވެސް، ވަޒީރަށް އެއްވެސް ތަޙުޤީޤަކަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިގެންނުވެއެވެ.
ޑރ. ދީދީ އިތުރަށް ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން ހިނގަމުންދާ އެއްވެސް ތަޙުޤީޤަކަށް ސީދާކޮށް ވިޔަސް ނުވަތަ ނުސީދާކޮށް ވިޔަސް ނުފޫޒު ފޯރުވުމަކީ ދާޚިލީ ވަޒީރަށް ޤާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން، މިހާރު ހިނގަމުންދާ 'އައިޝާ' ޑޮކިއުމަންޓަރީގެ ތަޙުޤީޤަކީ އިތުބާރު ހުރި އަދި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ކަމެއްގެ ގޮތުގައި ކަށަވަރުކުރުމަށްޓަކައި، މިނިވަން ޚާއްޞަ އިންވެސްޓިގޭޓަރަކު އެ މައްސަލައިގައި ބައިވެރިކުރުވުން މުހިންމު ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
މި ޑޮކިއުމަންޓަރީއާ ގުޅިގެން ފުލުހުން ވަނީ "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކޮށް، ބައެއް އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އަދި އެ ނޫހުގެ ބައެއް އިސްވެރިންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ. މި މައްސަލައިގައި ދައުލަތުގެ އެންމެ މަތީވެރިޔާއާ ގުޅުންހުރިި ތުހުމަތުތަކެއް ހުރުމާއެކު، ތަޙުޤީޤުގެ މިނިވަންކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު