އުސޫލުތަކާ ހިލާފަށް އަމަލުކުރި 112 ތަނެއް މިހާތަނަށް ބަންދު ކޮށްފައިވާ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ މާސް އިންސްޕެކްޝަންގެ 4 ވަނަ ބުރުގައި މިހާތަނަށް 3277 ތަނެއް ބަލާފައި ވާކަމަށާއި އޭގެ ތެރެއިން 112 ތަނެއް ބަންދު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެތެރެއިން 103 ތަނެއްގެ އިންތިޒާމްތައް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ބަދަލުކުރުމުން އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 21 އިން ފެށިގެން މިއަދުގެ ނިޔަލަށް 3277 ތަނެއް ބަލައި ފާސްކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 2534 ފިހާރަ އާއި 586 ކެފޭ އަދި 122 ސެލޫން އަދި 17 ޖިމާއި 18 މާރުކޭޓެއް ހިމެނޭ ކަމަށެވެ.
އަތޮޅުތަކުގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަން ތަކުގައި ކާބޯތަކެތީގެ ހިދުމަތް ދޭ 335 ތަނަކާއި، 1148 ފިހާރައާއި 51 ސެލޫނަކާއި 5 ޖިމާއި 22 މާރުކޭޓް ބަލާފައި ވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިއީ ކޯވިޑް-19 އާ ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ މިފަދަ ހަތަރު ވަނަ އިންސްޕެކްޝަނެވެ.

ކިޔުންތެރިންގެ ހިޔާލު