ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ކޯވިޑް ވެކްސިން ހިލޭ ފޯރުކޮށްދެވޭނީ އާބާދީގެ 20 އިންސައްތައަށް ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުވައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޯ-ވެކްސް ފެސިލިޓީގައި ރާއްޖެ ދަރަޖަ ކޮށްފައިވަނީ އެޑްވާންސް މާކެޓް ކޮމިޓްމަންޓް ގްރޫޕުގައި ކަމަށާއި، އެހެންކަމުން ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ވިހި އިންސައްތަ މީހުންނަށް ޑޯނާ ފަންޑުގެ ދަށުން ވެކްސިން ލިބޭނެ ކަމަށެވެ.

އެއީ ހިލޭ ލިބޭ ވެކްސިންގެ ޢަދަދު ކަމަށާއި، ރާއްޖޭގެ އާބާދީގެ ބާކީ އޮތް 80 އިންސައްތަ އަށް ވެކްސިން ހޯދުމުގެ މަސައްކަތް އެ ސެންޓަރުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވެކްސިން ޖެހުމަކީ ބޮޑު ކަމަކަށް ވުމާއެކު އެކަމަށް ބޮޑެތި ތައްޔާރީތަކެއް ވާންޖެހޭ ކަމަށާއި، ވެކްސިން ގަތުމަށް ހަރަދުވާނެ ސީދާ އަގު މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އާއި ޔުނިސެފުން ވެސް ރާއްޖެއަށް އެހީވާނެ ކަމަށާއި ވެކްސިން ހޯދުމަށް ވޯލްޑް ބޭންކާއި އޭޑީބީއާއެކުވެސް ވާހަކަ ދައްކަމުން އަންނަކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ދާއިމީ ޙައްލަކަށް ވާސިލްވެވޭނީ ވެކްސިނެއް ހޯދިގެން ކަމަށް ޑަބްލިއު އެޗް އޯ އިން ވެސް ވަނީ ބުނެފައެވެ. އަދި ވެކްސިން ހޯދުމުގެ މަސައްކަތް ދުނިޔޭގެ ބޮޑެތި ޤައުމުތަކުން މިހާރު ގެންދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން