އޭޑީކޭ ހޮސްޕިޓަލުން ވައްކަންކުރި މީހާ
އޭޑީކޭ ހޮސްޕިޓަލުން ވައްކަންކުރި މީހާ
އޭޑިކޭ ހޮސްޕިޓަލްގެ ފާޚާނާ ތަކުގައި ބަހައްޓާފައި ހުރި އަތް ހިއްކާ މެޝިންތައް ވަގަށް ނަގާ ވިޑިއޯއެއް އެ ހޮސްޕިޓަލުން މީސް މީޑިއާގައި ޢާއްމު ކޮށްފިއެވެ.

އޭޑީކޭޭއިން ޢާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ދަބަހެއް އަޅައިގެން ހުރި ފިރިހެނަކު އެ ހޮސްޕިޓަލްގެ ފާޚާނާތަކަށް ވަދެ، ނިކުމެ ހަދާ މަންޒަރެވެ. އޭޑީކޭއިން ބުނީ އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން ފާހާނާތަކުގައި އަތް ހިއްކާ މެޝިންތައް ބެހެއްޓީ ދާދި ފަހުންކަމަށެވެ.



އޭޑީކޭގެ ފާޚާނާ ތަކުގައި ހަރުކޮށްފައި ހުރި އަތްހިއްކާ މެޝިން ވަގަށް ނަގާފައިވާއިރު މީގެ ކުރިން އެ ހޮސްޕިޓަލްގައި ހުރި ސެނިޓައިޒަރ ފުޅިތައް ވަގަށް ނެގުމުގެ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

ކޯވިޑް-19 އާ ގުޅިގެން މާލޭގައި ވައްކަމާއި ފޭރުމުގެ ޢަމަލުތައް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


12

ތިމަންނަ

15-Oct-2020

ބޮޑު ސޯބް އެބުރޭގޮތަށް ކުދި ސޯބްތައް އެނބުރޭނީ....



ޓްރެންޑިން