ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްކުރާ މަސައްކަތަކީ ޤައުމު ހަލަބޮލިކުރުމަށްކުރާ މަސައްކަތެއްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑްގެ ސަބަބުން ރައްޔިތުން ތިބީ ވަަރަށް ހާލުގައިކަމަށާއި، މިވަގުތަކީ ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރަންވީ ވަގުތުކަމަށެވެ. ނަމަވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްނުކޮށް، ނެތް ފައިސާއެއް ޚަރަދުކޮށްގެން ނިޒާމް ބަދަލުކުރަން ވޯޓެއް ނެގުމަށް އެއްވެސް ވަރަކަށް ތާޢީދު ނުކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިއީ ޤައުމަށް ހެޔޮ އެދޭ ބަޔަކު ކުރާނެކަމެއް ނޫންކަމަށާއި މިއީ ޤައުމު ހަލަބޮލިކުރުމަށް ކުރާ މަސައްކަތެއްކަމަށް ޝަރީފް ވިދާޅުވިއެވެ.



ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ މަސައްކަތަށް ޝަރީފް ފާޑު ވިދާޅުވެފައިވާއިރު، މަޖިލީހުގައި މިހާރު އެމަސައްކަތް ދަނީ ކުރިއަށެވެ. އެކަމާ ގުޅޭ ބިލު މަޖިލީހަށް ހުށަހަޅާ، ފުރަތަަމަ ކިއުން މިހާރު ވަނީ އިއްވާފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރަށްވާ އެއްބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދިހަ އަހަރު އެމްޑީޕީއަށް ރައްޔިތުންނަށް ޚިދުމަތް ދެވޭނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ކަމަށެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިވަގުތަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ބަހުސްކޮށް އެމަސައްކަތް ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުންގެ މެދުގައިވެސް މިކަމާއިމެދު ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން