ކޯވިޑްއާ ގުޅިގެން ގެސްޓްހައުސްތައް 212 ދުވަސްވަންދެން ބަންދުކުރުމަށްފަހު މިއަދު އަލުން ހުޅުވައިފިއެވެ.

ގެސްޓް ހައުސްތައް މިއަދު ހުޅުވަމުންދާއިރު، ފުރަތަމަ ހުޅުވާނީ މާލެ ސަރަޙައްދުގެ ގެސްޓްހައުސްތައް އެކަންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ގެސްޓް ހައުސް ވިޔަފާރިތައް އަލުން ހުޅުވާލުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު، 22 ގެސްޓް ހައުސްއަކުން ސްޓޭންޑަޑް އޮޕަރޭޓިންގް ޕްރޮސިޖަރ، އެސް.އޯ.ޕީތައް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 16 ތަނެއް ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އަލުން ހުޅުވާލުމުގެ ހުއްދަ މިނިސްޓްރީން ވަނީ ދީފައެވެ.

މިނިސްޓްރީން ބުނީ ރަށު ފެންވަރުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށްފަހު، ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއް ނެތްކަމަށް މިހާތަނަށް 9 ރަށަކުން ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވާކަމަށެވެ. އެއީ ހދ. ހަނިމާދޫ، ށ. ނަރުދޫ، ނ. ފޮއްދޫ، ކ. ހުރާ، ކ. މާފުށި، އއ. މަތިވެރި، ވ. ތިނަދޫ، އަދި ވ. ފުލިދޫގެ އިތުރުން ތ. ގާދިއްފުއްޓެވެ.

ގެސްޓް ހައުސް ހުޅުވަން ހުއްދަ ދިން ނުވަ ރަށުގައި މިއަދުން ފެށިގެން މާސްކު އެޅުން މަޖުބޫރުވާނެ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އަދި އެ ރަށްރަށުން ގެސްޓްހައުސް ހުޅުވާފައި ނުވާ ރަށްރަށަށް ދަތުރު ކުރެވޭނީ އެޗްޕީއޭގެ ހާއްސަ ހުއްދައެއް އޮވެގެން ކަމަށް ވެސް ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

އަލީ

15-Oct-2020

މަރުހަބާ މަރޔހަބާ މާލަސްވެސް ވެއްޖެ



ޓްރެންޑިން