އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ "އިތުބާރު" ކެމްޕޭން އަތޮޅުތަކަށް ފުޅާކޮށް، ފުރަތަމަ މަންޒިލެއްގެ ގޮތުން އއ. ބޮޑުފުޅަދުއަށް ވަޑައިގަތުމުން އެ ރަށުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މި ދަތުރަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ތާއީދު ހޯދައި، ޕާޓީގެ އާންމު މެންބަރުންގެ އަޑު ގާތުން އެއްސެވުމަށް މީކާއިލް ކުރައްވާ ސިލްސިލާ ދަތުރުތަކުގެ ފެށުމެކެވެ.
ބޮޑުފުޅަދޫން މީކާއިލަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ ޕާޓީ މެންބަރުން ބަނދަރު ސަރަހައްދަށް އެއްވެފައިވާއިރު، މި ކެމްޕޭނުގެ މަގްސަދަކީ ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުންނާ ދެމެދު އޮތް ގުޅުން ބަދަހިކޮށް، އިތުބާރު އިއާދަކުރުން ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ.
ކެމްޕޭން ޓީމުން ބުނި ގޮތުގައި، "އިތުބާރު" ކެމްޕޭންގެ ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި އަތޮޅުތަކަށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މި ދަތުރުތަކުގައި ރަށްރަށުގެ ޕާޓީ ހިންގާ ކޮމިޓީތަކާ ބައްދަލުކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޕާޓީގެ އޮނިގަނޑު ވަރުގަދަ ކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު