އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ އާއި ކޮމިޝަންގެ މެމްބަރުން ކޮމެޓީއަށް މައުލޫމާތު ދެއްވަނީ
އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ އާއި ކޮމިޝަންގެ މެމްބަރުން ކޮމެޓީއަށް މައުލޫމާތު ދެއްވަނީ
އޭސީސީ އަށް ހުށައެޅޭމައްސަލަތަކުގައި އިސްކަންދޭންވީ ތަރުތީބާ ގުޅޭ ޕޮލިސީއެއް ޑްރާފްޓްކުރަމުންދާ ކަމަށާއި، ވަރަށް އަވަހަށް އެ އުސޫލު އާންމުކޮށް އަމަލު ކުރަން ފަށާނެ ކަމަށް އޭސީސީގެ ރައީސާ ފާތިމަތު ޝިއުނާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސާ ފާތިމަތު ޝިއުނާ ވިދާޅުވީ، 500 މައްސަލައާ އެކު ކޮމިޝަނުން މަސައްކަތްތަކާ ހަވާލުވިއިރު، މިދިޔަ އަހަރު ނިސްބަތުން ގިނަ މައްސަލަތަކެއް އެކޮމިޝަނަށް ހުށައަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު މި އަންނަނީ މައްސަލަތަކުގައި އިސްކަންދޭންވީ ތަރުތީބާ ގުޅޭ ޕޮލިސީއެއް ޑްރާފްޓްކުރަމުން ވަރަށް އަވަހަށް އުސޫލެއް ކަނޑައަޅައި އެއަށް އަމަލުކުރާނެ." ޝިއުނާ ވިދާޅުވި އެވެ.

ކޮމިޝަނުން ވަކި މައްސަލައަކަށް އިސްކަންދޭ ކަމުގެ ތުހުމަތު އެޅެން ބޭނުން ނުވާ ކަމަށާއި އަލަށް އެކުލަވާލާ ޕޮލިސީން އެ ތަރުތީބުތައް އެނގެން އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަބަދުވެސް ކޮމިޝަނުން މައްސަލަތަކުގައި އިސްކަންދޭ ތަރުތީބެއް އޮންނަ ކަމަށް ޝިއުނާވިދާޅުވި އެވެ. މައްސަލަތައް އަވަސްކުރަން ގިނަ މަސައްކަތްތައް ކުރަމުން އަން ކަމަށާއި، އޭސީސީ ހިންގާ އޮނިގަނޑު ރަނގަޅުކުރަން ޕޮލިސީތައް އެކުލަވާލައި މަސައްކަތްތައް ތަރުތީބުކޮށްފައި ހުރި ގޮތްތައް ވެސް ބަދަލުކޮށްފައިވާ ކަން ޝިއުނާ ވަނީ ފާހަގަކުރަށްވާފައެވެ.

އޭސީސީ ކަހަލަ ތަހުގީގީ އިދާރާއެއްގެ ގާނޫނީ ކަންކަން ކުރުމަށް މިހާރު ވެސް ތިބީ އެންމެ ދެ މުވައްޒަފުން ކަމަށް ޝިއުނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވަސީލަތުގެ ގޮތުންނާއި މުވައްޒަފުންގެ ހުރި ދަތިކަން އެގިވަޑައިގެންނެވީ މަގާމާ ހަވާލުވެ ވަޑައިގެން މަސައްކަތް ފެއްޓެވުމުން ކަމަށާއި، އެކޮމިޝަން ރިފޯމް ކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށެވެ.

" މުޅި އޭސީސީ ރިފޯމް ކުރުމުގެ މަސައްކަތް ކުރަމުންމިދަނީ، މިކުރާ މަސައްކަތުގެ ތެރޭގައި އިތުރު ޕޮލިސީތައް އެކުލަވާލައި ތަހުގީގު ސްޓްރަކްޗާ ނުވަތަ މަސައްކަތް ތަރުތީބު ކުރެވިފައިވާ ގޮތް ބަދަލުކޮށް އެކަަހަލަ ވަރަށް ބައިވަރު މަސައްކަތްތައް ކުރަމުން މިދަނީ، ޕްރައިވަޓައިޒް ޕޮލިސީ އެއް ހަދަން ވެގެން އަޅުގަނޑުމެން މިއުޅެނީ އެއީ ކުޑަ ޕޮލިސީ އެއް ވެސް ނޫން. އެއް ޕޮލިސީ އެއް ނޫން ވަރަށް ބައިވަރު ޕޮލިސީ ތަކުގެ ޑްރާފްޓްތައް އެކުލަވާލަމުން މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި މިތިބީ ލީގަލް ޓީމްގައި މަސައްކަތްކުރާ އެންމެ ދެކުދިން، ވަރަށް ބައިވަރު ކަންތައްތަކެއް އަޅުގަނޑުމެން ބަލަންޖެހޭ. އެ ޕޮލިސީތަކުގެ މަސައްކަތް އެ ދެ މުވައްޒަފުން ވެސް ކުރަމުންދޭ، އެކަހަލަ ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި." ޝިއުނާ ވިދާޅުވިއެވެ.

ކޮރަޕްޝަންގެ ތަހުގީގުތަކުގައި އެންޓި ކޮރަޕްޝަން ކޮމިޝަން މާބޮޑަށް ވެސް ލަސްވެ، ކުދި މައްސަލަތަކުގައި ދައުވާކުރަން ފޮނުވަމުން އަންނަ ކަމުގެ ތުހުމަތުތައް އިއްޔެ ކޮމެޓީގައި މެމްބަރުން ވަނީ ކުރައްވާފައެވެ. ތަހުގީގުތަކުގައި އިސްކަންދޭ އުސޫލު ކަމުނުދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވެސް މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ. މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް އިއްޔެ އޭސީސީ ހާޒިރުކުރީ ވެންޓިލޭޓަރު މައްސަލަައިގެ ތަހުގީގު ލަސްވާ މައްސަލައާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން