ހިތަދޫ އިތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެނޑިޑޭޓުން-
ހިތަދޫ އިތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެނޑިޑޭޓުން-
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ހުޅުވާލި މުއްދަތު މިއަދު ހަމަވިއިރު، އެ ގޮނޑިއަށް ދެ ކެންޑިޑޭޓަކު ވަނީ ކުރިމަތިލައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހަވީރު 15:00 އަށް ސުންގަޑި ހަމަވިއިރު އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައިވަނީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ. މި ދެ ޕާޓީގެ ފަރާތުން ހުށަހެޅި ފޯމުތައް މިހާރު ވަނީ ބަލައިގަނެފައެވެ.

މި އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހްމަދު ސައީދެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުالله ސާދިގް (ސޯބެ) އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މި ބައި-އިލެކްޝަންގެ ވޯޓުލުން 2026 ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށެވެ. އެ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާނެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަކީ ސިޔާސީ ގޮތުން ވާދަވެރި ގޮނޑިއަކަށްވާއިރު، އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ އިންތިޚާބާ ގުޅޭ އިދާރީ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު