ތެލެސީމިއާ ބަލީގެ އިތުރުން އެހެނިހެން ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކަށް ރަނގަޅު ގޮތްތަކެއް ހޯދައި ދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ އަމާޒެއްކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއާ މަޖިލީހުގެ އިޖްތިމާއި ކޮމިޓީ ގުޅިގެން ރާއްޖޭގެ ތެލެސީމީއާ ކެއާގެ ހާލަތު ދިރާސާ ކުރުމަށް އެއް ދުވަަހުގެ މުއްދަތަށް ބާއްވާ ވާރކްޝޮޕް އިފްތިތާހު ކުރުމަށް މަޖިލީހުގެ ޖަލްސާކުރާ މާލާމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަމާޒަކީ އަދި އުއްމީދަކީ ވޭނުގައި ދިރިއުޅެމުންދާ އާއިލާތަކަށް އުއްމީދެއް ހޯދައި ދިނުން ކަމަށެވެ. އެކަން ކުރުން މަތީގައި މަޖިލީސް އަބަދުވެސް ދެމި ތިބޭނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދު ވަނީ ދެއްވާފައެވެ.

ތެލަސީމިޔާ ބަލި ތަހައްމަލު ކުރާ މީހުން އުފުލާ ވޭނަކީ ގިނަ ބަޔަކަށް އިހްސާސް ކުރެވޭ ވޭނެއް ނޫން ކަމަށާއި، އެންމެންނަށް ވެސް ފެންނަނީ ބަލީގެ ޝިކާރައަކަށްވެފައިވާ މީހުންގެ ވާހަަކަތަކާއި މަންޒަރުތައް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގައުމިއްޔަތެއް ބިނާވެގެން އޮންނަނީ ނިކަމެތި މީހާ އާއި މެދު އަމަލު ކުރާގޮތުގެ މައްޗަށް ކަމަށެވެ.

އަބަދުވެސް އަމާޒެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވައި އެ ފަރާތްތަކަށް ބޭނުންވާ ކަންކަމަށް ހައްލެއް ހޯދައި ދިނުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ތެލެސީމީއާ ސޮސައިޓީއާ މަޖިލީހުގެ ކޮމިޓީއާ ގުޅިގެން ވާރކްޝޮޕެއް ބާއްވަން ނިންމީ ފާއިތުވި ދުވަސްތަކުގައި ލޭ އަޅާ ގިނަ ފަރާތްތަކެއްގެ ޝަކުވާތައް އިޖްތިމާއި ކޮމިޓީއަށް ހުށައަޅާފައި ވާތީއެވެ. އޭގެ ތެރޭގައި ލޭ ލިބުން ދަތިވުމާއި، ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތަކާއި ގުޅޭ ޝަކުވާތައް ހިމެނެއެވެ. ބުރާސްފަތި ދުވަހު ކުރިޔަށްދާ މި ވާރކްޝޮޕް ގައި ދިމާވެފައިވާ މައްސަލަ ތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު


28

ގައުމީ ލޯބި

15-Oct-2020

ތިޔަކަމެއް ނޫންތޯ ކޮންމެ ކެންޕޭނެއްގައި ވެސް ކުރައްވަނީ، ކެންޕޭން ނިމި ވަޒީފާ ލިބެނީ ކާމަރީގައި އުޅޭ ދީނާއި ދެކޮޅު ކުދީންކޮޅަށް ށާއި އަމިއްލަ ނަފުސަކަށް ނޫންތޯ.. މިހާރުވެސް އެކައުންޓުގައި 5 މިލިޔަން އަހަރުމެން 1އިރު ކައިގެން.. ގަމުގައި ވާ އެންމެ މުސާ ބަޮޑު ވަޒީފާތަކުން 3 ވަޒީފާ ކަލެޔަށް އާއިލާމީހުންނަށް އެވަރު ބޯކުދީންކޮޅާއި ރަންޑީންނަށް އެވަރު ދީފައި ރައްޔަތުންނަކަށް ނެތް ދޭނެ އެއްޗެއް. ލޯނު ނަގަން މިޖެހެނީ ރާއްޖެވިއްކާފައި ކަލޭމެން ގެ މުސާރަ ދޭން.. އޮޅުވާތާ 12 އަހަރުވެއްޖެ.. ދެން ހެޔޮ ބޭނުމެއްނޫން ތިަކަހަލަ ހެޔޮމީހަކުވެސް އަދި އަހަރުމެން ނިކަމެތީންނޭ ކިޔައިގެން ދެން އިތުރަށް ވާހަކަ ދައްކާނަމަ އެއީ ބެލެވޭނީ އަހަރުމެންނަށް ކުރާ ބޮޑު މަލާމާތެއް ކަމަށް.. އަހަރުމެން ނަށް މަލާމާތް ކޮށްފައި ދެން ނާންނާތި ރީދޫ ޓައި އަޅައިގެން މިރަށަށް.. ވަރަށް ދުވަހު ހައްދާލައިގެން އުޅެވިއްޖެ.. ދެން ހެޔޮ.. އިނަފް އިޒް އިނަފް



ޓްރެންޑިން