ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަނީ ރައްޔިތުންގެ ހައްޤުތަށް މިހާރަށްވުރެ ބޮޑަށް ހިމާޔަތްކުރަން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް މިރޭ ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ދަށުން މާލޭގައި މާފަންނު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވަނީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ވެރިކަމުގެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ބޭނުންވާކަމަށް ވިދާޅުވެފައެވެ.މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުން ކަމަށެވެ.
"ޑިމޮކްރަސީގެވެސް އަދި އަޅުގަނޑުމެން ވަކާލާތު ކޮށް އަޅުގަނޑުމެން މަގުމައްޗަށް ނިކުމެ، ލެޔާއި ދާ އޮހޮރައިގެން ހޯދި ކަމަކީ އެ ޙައްޤުތައް ހިމާޔަތް ކުރުން،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ވެރިކަމަށް އަންނަ ބަޔަކަށް ނުވަތަ ދައުލަތާ ހަވާލުވާ ބަޔަކަށް ބޭނުންހާ ގޮތެއް ރައްޔިތުންގެ ޙައްޤުތަކަށް ހެދިޔަ ނުދިނުމަކީ މި އިސްލާހީ މަސައްކަތުގެ އެންމެ ބޮޑު އަހައްމިއްޔަތުކަން ދޭ ކަންތައް ކަމަށެވެ.
ޤާނޫނުއަސާސީގައި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރަން ލިޔެފައި ހުރި މާއްދާތައް މާނަކުރުމުގައި، މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ސުޕްރީމް ކޯޓުން އެ މާއްދާތަކުގެ އަސްލު މަފްހޫމާ ޚިލާފަށް މާނަކުރަމުންދާ ކަމަށް ފައްޔާޒު ތުހުމަތު ކުރެއްވިއެވެ. އެހެންކަމުން، ރައްޔިތުންގެ ޙައްޤުތަކާ ގުޅޭ މާއްދާތައް މިހާރަށްވުރެ ބޮޑަށް ތަފްސީލުކޮށް، އެއްވެސް އޮޅުމެއް ނާރާ ވަރަށް ޤާނޫނުއަސާސީގައި ލިޔަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމަށް ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި ސަރުކާރުގެ ސައިޒު ކުޑަކުރުމާއި، ރައީސުލްޖުމްހޫރިއްޔާއަކީ މާ ބޮޑު ހައިބަތަކާއި ކަރާމާތެއް އޮތް ބާރުގަދަ މީހެއްގެ ބަދަލުގައި، އާދައިގެ ރައްޔިތުންނާ އެއް ފަންތިއެއްގައި ހުރެ ރައްޔިތުންގެ މައްސަލަތައް ހައްލުކޮށްދޭ މީހަކަށް ހެދުން ހިމެނޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"މުޅި ދައުލަތުގެ ވެރިއަކާ ސަރުކާރުގެ ވެރިއަކާ އެއީ ތަފާތު ދެ މުއައްސަސާއަކަށް ހަދަން އަޅުގަނޑުމެން ހުށަހަޅަން،" ފައްޔާޒު ވިދާޅުވިއެވެ.
މި ހުށަހެޅުމަކީ ބަރުލަމާނީ ނިޒާމެއް ގެނައުން ނޫންކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ، ސަރުކާރުގެ ވެރިޔާ ހޮވާނީ މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ ހޮވާ ގޮތަށް ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށެވެ. ނަމަވެސް، ދައުލަތުގެ ވެރިޔާއަކީ ތިން ބާރުގެ މައްޗަށް ހުރެ، ޤާނޫނުއަސާސީ ހިމާޔަތްކޮށް، ސިޔާސީ ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތްކުރާ ފަރާތެއް ކަމުގައި ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މުހިއްމު ނިންމުންތަކުގައި ރިފަރެންޑަމް ނުވަތަ ރައްޔިތުންގެ ސީދާ ބަސް ހޯދުން ގިނަކުރުމަށްވެސް ފައްޔާޒު ހުށައެޅުއްވިއެވެ. އަދި ވަކިން ހާއްސަކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި ނަމަ، އެ ނިންމުމަކީ ސިޔާސީ ނިންމުމަކަށް ވެދާނެތީ، އެކަމުގައި ރައްޔިތުންގެ ބަހެއް އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ ވިންދާ އިދިކޮޅަށް ކަންކަން ނިންމުމުން ޤައުމަށް ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށް ވިދާޅުވެ، ފައްޔާޒު ވަނީ ޗެކް އެންޑް ބެލެންސް ނިޒާމު ނުވަތަ ފާރަވެރިވުމުގެ ނިޒާމުގެ ވަރުގަދަކުރުމުގެ މުހިއްމުކަން ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު