ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުލުމާއި، ނަން ތަރުތީބުކުރުން އަންނަ ބުދަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ ހަވަނަ ދުވަހު، އިންތިޚާބާ ބެހޭ މަރުކަޒުގެ ޓްރެއިނިންގ ހޯލުގައެވެ.
މި އިންތިޚާބުގައި ވާދަކުރައްވަނީ ދެ ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓުންނެވެ. އެއީ އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) އާއި، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަޙްމަދު ސަޢީދެވެ.
ޕީއެންސީގެ ފަރާތުން މި ގޮނޑިއަށް ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކުރެއްވީ އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާނެވެ. ނަމަވެސް، ޕާޓީއަށް ގޮނޑި ކާމިޔާބުކޮށްދިނުމުގެ ބޭނުމުގައި ސިނާން ވަނީ ފަހުން ނަން އަނބުރާ ގެންދަވާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު