މަންދު ކޮލެޖް: އެކޮލެޖަކީ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ( އިބުރާ) ހިންގަވާ ކޮލެޖެއް
މަންދު ކޮލެޖް: އެކޮލެޖަކީ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ( އިބުރާ) ހިންގަވާ ކޮލެޖެއް
މަންދު ކޮލެޖްގައި ތައުލީމް ހާސިލްކުރަމުންދިޔަ ދަރިވަރަކު މޫނު ބުރުގާ އަޅާތީ ކޯހުން ވަކިވާން މަންދު ކޮލެޖުން އަންގައިފިއެވެ.

މޫނުބުރުގާ އަޅައިގެން ކިޔަވަމުންދާ އެދަރިވަރަށް މަންދު ކޮލެޖުން ފޮނުވާފައިވާ އީމެއިލްގެ ސްކްރީން ޝޮޓަކާއެކު އެދަރިވަރުގެ ޝުއޫރުތަށް ވަނީ ޝޯޝަލް މީޑިޔާގައި ހިއްސާކޮށްފައެވެ.

އއ. ހިމަންދޫ ސުކޫލުގައި މުދައްރިސެއްގެ ވަޒީފާ އަދާކުރަމުން، މަންދު ކޮލެޖުގައި މަތީ ތައުލީމް ހާސިލުކުރަމުންދާ ސިމާނާ އަލީއަށް އެޑްރެސްކޮށް އެކޮލެޖުން ފޮނުވާފައިވާ އީމެއިލްގައި ބުނެފައިވަނީ، ( ދަރިވަރު) އެކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ދިންއިރު، އޭނާއަކީ މޫނު ބުރުގާ އަޅައިގެން ހުންނަ ކުއްޖެކަމެއް ނޭނގޭ ކަމަށާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޝަރުތުތައް ބުނާގޮތުންނަމަ ކުލާސް ގަޑީގައި ހުރިހާ ދަރިވަރުންގެ ވެސް މޫނު ފެންނަން ޖެހޭނެ ކަމަށެވެ.

މިހެންކަމުން ކޯހުގައި ކުރިއަށްދާން ބޭނުންނަމަ ކްލާސް ގަޑީގައި މޫނު ދައްކަން ޖެހޭނެ ކަމަށާއި، އެކަން ނުކުރެވޭނަމަ ޖެހޭނީ ކޯހުން ވަކިވާން ކަމަށްވެސް މަންދު ކޮލެޖުން ބުނެފައިވެއެވެ. އެމައްސަލައިގައި މީޑިޔާގައި ވާހަކަ ދައްކަން މަންދު ކޮލެޖުން ވަނީ ދެކޮޅު ހަދާފައެވެ.

އެ ދަރިވަރު މަންދު ކޮލެޖުގެ ބެޗްލާރސް އޮފް ޓީޗިންގައި ބައިވެރިވެފައިވަނީ އޮގަސްޓް މަހު އެކޮލެޖުން އިއުލާނުކުރި ކޯހެއްގައެވެ. މި ކޯހުގެ އޮރިއެންޓޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރުދުވަހުއެވެ. އަދި މިކޯހުގެ ރެޖިސްޓްރޭޝަން ފީގެ އިތުރުން ސެޕްޓެމްބަރު އަދި ނޮވެމްބަރުމަހުގެ ފީވެސް އޭނާ ވަނީ ދައްކާފައެވެ.

އެމްކިއުއޭ އިންވެސް މިފަދަ އުސޫލެއް ނެރެފައި ނުވާނޭކަމަށް، އެމްކިއުއޭއިން އޭނާ އަށް އަންގާފައިވާ ކަމަށް އެ ދަރިވަރު ވަނީ ބައެއް މީޑިޔާތަކަށް މައުލޫމާތުދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ބޭބެ

17-Oct-2020

ބޯގަންވިލާ ގަނޫޅޭނެ ﷲ އެއީކަލެއްކަމަށްޤަބޫލުކުރާ މީހަކު


-8

ޝަމާ

15-Oct-2020

ބޯގަންވިލާ މީހުންނަކީ ސީދާ އިސްލާމްދީނުގެ ހަތުރުން މީ ހަގީގަތް އެ ފެމެލީ އަކީ ރާއްޖޭގެ ގާނޫން އަސާސީ ބުނާ ގޮތުން މިހާރު ދިވެހި ރައްޔިތު ކަން ގެއްލިފައިވާ އާއިލާ އެއް މިދެއްނެވީ ރާއްޖޭގެ ގާނޫނު އަސާސީ ގަ ދިވެހި ރަޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެން ކަމަށް ސާފުކޮށް އެނގެން އޮންނާތީ



ޓްރެންޑިން