ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރުމަށް އިތުރު ފަރާތްތަކަށް ލައިސަންސް ދޫކުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

އެމްއެމްއޭއިން ބުނީ ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު ގިނަ އަދަދެއްގެ ވިޔަފާރިތަކަކަށް ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ދީފައިވާކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރުމަށް އިތުރު ފަރާތްތަކަށް ލައިސަންސް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ. ނަމަވެސް މިގޮތަށް ނިންމީ ކީއްވެގެންކަމެއް އެމްއެމްއަކުން ހާމައެއްނުކުރެއެވެ.

އެމްއެމްއޭއިން ބުނީ ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް އޮންނަ ފަރާތްތަކުގެ ލިސްޓް އެމްއެމްއޭގެ ވެބްސައިޓުގައި ޝާއިޢުކޮށްފައި ވާނޭކަމަށެވެ. އަދި މަނީ ޗޭންޖަރުންނާ ގުޅޭ ޤަވާއިދު އިސްލާހު ކުރުމުގެ މަސައްކަތްވެސް އެމްއެމްއޭއިން ކުރަމުންދާކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރުމަށް އިތުރު ފަރާތްތަކަށް ލައިސަންސް ދޫކުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު މިދުވަސްވަރަކީ އިޤްތިޞާދު ހީނަރުވެ، ބޭރު ފައިސާ ލިބުން ދަތި ދުވަސްވަރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން