ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގްއާ ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ޗައިނާ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކޯވިޑް19އަށްފަހު އިޤްތިޞާދު އަލުން ކޮޅަށްޖެހުމަށް ކުރާ މަސައްކަތަށް ޗައިނާގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.
ޝާހިދު ވިދާޅުވީ ޗައިނާއިން އޮތީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖެއާއެކު މަސައްކަތްކުރަން ތައްޔާރަށްކަމަށެވެ. އަދި އިޤްތިޞާދު ކޮޅަށްޖަހާ، އެކިއެކި ދާއިރާތަކުން އެހީތެރިވުމަށް ޗައިނާ އޮތީ ތައްޔާރަށްކަމަށް ޝާހިދު ވިދާޅުވިއެވެ.
ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޗައިނާ ސަފީރުވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. ޗައިނާ ސަފީރު ވިދާޅުވީ ފޮރިން މިނިސްޓަރާއި ފައިނޭންސް މިނިސްޓަރާއެކު ބޭއްވީ ވަރަށް ރަނގަޅު ފައިދާހުރި ބައްދަލުވުމެއްކަމަށެވެ. އަދި ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިވާނޭކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގްއާ ބައްދަލުކުރައްވާ މަޝްވަރާކުރެއްވިއިރު، ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ދަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ޗައިނާއާއެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެއަށް އެއްވެސް ފައިދާއެއް ނުކުރާނޭކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ ދާދިފަހުންވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު