އިއްޔެ ބޭއްވި ޖެންޑަރ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
އިއްޔެ ބޭއްވި ޖެންޑަރ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރަކު، ރޭޕްގެ ޝިކާރައަކަށްވި ކުޑަކުއްޖެއްގެ ނަން ހާމަކުރެވެމުން އެކަމަށް ޕީޖީ ހުސައިން ޝަމީމް މިއަދު މައާފަށް އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ރޭޕްގެ ޝިކާރަކަށްވި ކުޑަކުއްޖެއްގެ ނަމާއި އެ ކުއްޖާގެ މައުލޫމާތު މައްސަލައިގެ ތަފްސީލްތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

ރޭޕް އެވިޑެންސް ކިޓް ބޭނުން ކޮށްގެން ސާމްޕަލް ނަގަން ރުހުން ދޭން ވާނީ ލިޔުމެއް މެދުވެރިކޮށްކަން ކަނޑައެޅުން މުހިއްމުކަން ފާހަގަކުރައްވަމުން ޕަބްލިކް ޕްރޮސެކިއުޓަރ ފާތިމަތު ނަބާހާ މިސާލެއްގެ ގޮތުގައި ރޭޕްގެ މައްސަލައެއް  ނަންގަވައި ރޭޕް ކުރި ކުއްޖާގެ ނަމާ އެކުއްޖާ ރޭޕް ކުރި މީހާގެ މައުލޫމާތު ވަނީ އާންމުކުރައްވާފައެވެ.

އެކަމާ ގުޅިގެން ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ އެ ކޮމިޓީ ލައިވް ސްޓްރީމް ކުރަމުންދާ ކަން ޕްރޮސެކިއުޓަރަށް އެނގިވަޑައިނުގަންނަވާ އެ މައުލޫމާތުތައް ވިދާޅުވެވުނީ ކަމަށެވެ.

"އެ ކަމަށް މައާފަށް އެދެން، އެ ފަދަ ކަމެއް ދެން ތަކުރާރު ނުވާނެ ކަން ޔަގީން ކުރަން އިންތިޒާމުތައް ހަމަޖައްސާފަައިވާނެ." ޝަމީމް ވިދާޅުވިއެވެ.

މީގެ ކުރިން ބާއްވާފައިވާ މަޖިލީހުގެ މިފަދަ އާންމު ބައްދަލުވުން ތަކުގައި އާންމު ގޮތެެއްގައި ވިކްޓިމްގެ ނަން ހާމަކުރަން އެޅެފިނަމަ ކޮމިޓީގެ މުގައްރިރު އެކަން ހުއްޓުވާކަން ފާހަގަކޮށްލެވެއެވެ. އަދި އެފަދަ މައުލޫމާތުތަކެއް ކޮމިޓީއާ ހިއްސާކުރާނަމަ މީޑިއާއަށް ނުވަދެވޭ ގޮތަށް ނޫނީ އިދާރާއިން ލައިވް ކުރަމުންދާ އަޑު ކަނޑާލުމަށް ފަހު، ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ވެސް ގެންދެއެވެ. އެހެން ނަމަވެސް އިއްޔެ އެގޮތަށް މުގައްރިރު އަމަލު ކުރައްވާފައެއް ނުވެއެވެ.

ޖިންސީ ކުށުގެ ގާނޫނުގައި ބުނެފައިވަނީ ރޭޕް ނުވަތަ ޖިންސީ ގޯނާގެ ކުށުގެ ތަހުގީގެއް ނުވަތަ ޝަރީއަތެއްގެ ވާހަކަ މީޑިއާގެ އެއްވެސް ވަސީލަތެެއްގައި ހާމަކުރާއިރު، ކުށުގެ ޝިކާރައަށްވީ ފަރާތަކީ ކާކުކަން ދެނެގަނެވޭނެ އެެއްވެސް ކަމެއް ހާމަކުރުމަކީ މަނާކަމެއް ކަމަށެވެ.

ގާނޫނުގެ އެ މާއްދާއާ ހިލާފަށް އަމަލު ކުރާ ފަރާތްތަކުގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ބާރު ޖެންޑާ މިނިސްޓަރަށް ލިބިގެންވާ ކަމަށް އެ ގާނޫނުގައިވެއެވެ. އެފަދަ ކަމެއް ސާބިތު ވެއްޖެނަމަ އަސާސީ އަދަބެެއްގެ ގޮތުގައި 10،000 ރުފިޔާ އާއި 15،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

އައިމކނަތު

17-Oct-2020

މާފައް އުދުމާ މާފް ުރުމަކީ ވަރައް ރިވެތި ސިފައެއް


0

ފާތުން

17-Oct-2020

ތީވަރައް ގޯސ ކޮއް ހިންގި ކަމެއް ތިފަދަ ކަން ކަން ތަކުރާރު ވިޔަ ދީގެން ނުވާނެ


-9

ހަސަން

17-Oct-2020

މާފައް އެދުމަކުން ނުފުދޭ. ތީ ވަރައް ގޯސް ކޮއް ވީ ކަމެއް


-7

ޙގގފ

17-Oct-2020

ޢަދަބު ލިބެންޖެހޭ ނެ



ޓްރެންޑިން