ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ހަރަކާތްތެރިވާން ފެށުމާއެކު، ދިވެހި މުޖުތަމައުގެ ކަންކަން ހައްދުން ނައްޓައި، ނޭދެވޭ ބަދަލުތަކެއް އައިސްފައިވާ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ހިންގާ ގާނޫނާ ހިލާފު ހަރަކާތްތަކާ ދެކޮޅަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައެޅުއްވި ޤަރާރަށް ބަހުސް ކުރަށްވަމުންނެވެ. މި ގަރާރުގައި ތުހުމަތުކޮށްފައިވަނީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް، ގައުމުގެ މަސްލަހަތު ނަގާލުމަށް ސިލްސިލާ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށެވެ.
މި ޤަރާރަށް ބަހުސް ކުރަށްވަމުން ފަލާހު ވިދާޅުވީ، ސިޔާސީ ޕާޓީތައް އުފެދުމާއެކު މުޖުތަމައުގެ އަދަބު އަޚްލާގާއި އިޖުތިމާއީ ފޭރާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިހާރު ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައުގެ އަމާންކަން ގެއްލި، ކަންކަން ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ ސަރުކާރުގެ ދުވަސްވަރު ޕީޕީއެމް އިން މަގުމަތީގައި ކުރި މުޒާހަރާތަކާއި ހަރަކާތްތަކާ ގުޅޭގޮތުން މެންބަރަކު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ "ޕީޕީއެމް އަކީ ޕީއެންސީ ނޫން" ކަމަށެވެ.
"ޕީޕީއެމް އުވާލުމަށް ފަހު، އެ ލީޑަރު އިސްވެ، ޕީއެންއެފް ނަމަކަށް ކިޔާ ސިޔާސީ ޕާޓީއެއް އުފައްދަވައިގެން މިއަދު ވެސް އެ ގެންދަވަނީ އެ ހަރަކާތް ހިންގަމުން. މިއަދު ވެސް އަވަށްޓެރި އިންޑިއާއަށް ޕީއެންއެފުން މަލާމާތް ކުރޭ ހަމަ އެ ލީޑަރު،" ޕީއެންއެފުން މާލޭގައި ބާއްވާ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި ފަލާހް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުރީގެ ރައީސް ޔާމީން އާއި އެމަނިކުފާނަށް ތާއީދުކުރާ މަދު ބަޔަކު ފިޔަވައި، ޕީޕީއެމްގެ ކުރީގެ ހުރިހާ އިސް ބޭފުޅުންނާއި އާންމު މެންބަރުން މިހާރު ތިއްބެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕީއެންސީގައި މި ސަރުކާރުގައި ކަމަށެވެ.
"ހިތަށް އައިހާ ހުރިހާ އެއްޗެއް އަނެކާއާ ދިމާއަށް ކިޔާށޭ، ސީދާ ރާއްޖޭގެ ވެރިކަން ކޮށްފަ ތިބި ވެރިން އެ ގޮވައިލަނީ.. ފިޔަވަޅު ނޭޅޭ ނަމަ، އީސީގެ ވެރިން އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވަން ޖެހޭނީ. އިސްތިއުފާ އަމިއްލަފުޅަށް ދީފައި ވަޑައިގަންނަވަން ޖެހޭނީ." ފަލާހް ވިދާޅުވިއެވެ.
މި ގަރާރު މެދުވެރިކޮށް ޕީއެންސީން ވަނީ، ސިޔާސީ ހަރަކާތްތަކުގެ ނަމުގައި ގާނޫނާ ހިލާފަށް މަގުމަތީގައި ހިންގާ މިފަދަ އަމަލުތައް ހުއްޓުވައި، އެކަންކަމާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ. ސަރުކާރު މެންބަރުން ބުނެފައިވަނީ މި ހަރަކާތްތަކަކީ ގައުމުގެ ހަމަޖެހުން ގެއްލުވާލުމަށް ސިޔާސީ މަގްސަދެއްގައި ކުރިއަށްގެންދާ ކަންކަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު