ރައީސް ނަޝީދާއި މުޅި ސަރުކާރުގެ ނުފޫޒު ޝަރުއީ ދާއިރާއަށް އޮތް މިންވަރު ހާމަވެގެން ހިނގައްޖެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ޔާމިން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ އެއްކަމަކީ ރައީސް ނަޝީދު މިވަގުތު ޖޭއެސްސީގައި އިންނެވުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގައި އިންސާފުވެރިކަމާ އެކީގައި ޝަރީޢަތްތައް ހިންގޭ ގޮތް މެދުވެރި ނުވެއްޖެނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާއާއި ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސް ނަޝީދުގެ މި އިއުތިރާފަކީ ޝަރުއީ ދާއިރާއަށް ނުފޫޒު އޮތް މިންވަރާއި އޭގެ ފުންމިން އެގޭ ކަމެއް ކަމަށެވެ. އަދި މިސަރުކާރާއި، ދައުލަތުގެ ހުރިހާ ބާރެއްގެ ތެރެއަށްވެސް ނުފޫޒާއި ބާރު އިންތިހާއަށް ވައްދައިގެން މިއަދު ކުރަމުންދަނީ އެއް މަސައްކަތެއް ކަމަށާއި، މިއަދު ރައީސް ޔާމީނަށް ދެމުންދަނީ ނުހައްގު އަނިޔާތަކެއްކަމަށްވެސް ސައީދު ވިދާޅުވި އެވެ.
"ނުފޫޒު ފޯރުވުމާކަމުގެ އިއުތިރާފެއް ވުމުން ދޭހަވަނީ ނުފޫޒުގެ ފުންމިން. މުޅި ވެރިކަން އައީ ނުފޫޒު ފޯރުވަން. ރައީސް ޔާމީން އަށް ދެމުންދާ އަނިޔާ ހުޓާލުމަށް ގޮވާލަން. އަދި ޖޭއެސްސީގެ ވަކިތަކުން ޖުޑިޝަރީ މިނިވަން ކުރަން ޖެހޭ." އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ސަޢީދު މިފަދައިން ވާހަކަ ދައްކަވާފައިވާއިރު ޤާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށައަޅާފައެވެ. ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ގާނޫނުއަސާސީއަށް މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް ހުށަހެޅުއްވި އިސްލާޙްގައި ބުނެފައިވަނީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތުގެ ސަބަބުން ގާނޫނު ހެދުމުގެ ބާރުންނާއި ވެރިކަން ހިންގުމުގެ ބާރުން ޖޭއެސްސީއަށް ނުފޫޒް ފޯރުވުމުގެ ޖާގަ އޮތުމުގެ ސަބަބުން ކަމަށެވެ.
އަދި ޖޭއެސްސީން ނިންމާ ނިންމުންތަކާއި ބަލާ މައްސަލަތަކުގެ އިތުބާރު ގެއްލި އަދުލް އިންސާފް ގާއިމް ކުރުމުގެ ދާއިރާގެ މިނިވަންކަން ގެއްލިފައިވުމުން ކަމަށް އިސްލާހުގައިވަނީ ބުނެފައެވެ. އެހެން ކަމުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް ޖޭއެސްސީގައި ތިއްބަވާ މެމްބަރުންގެ އަދަދު 8 އަށް ބަދަލުކުރުމަށް ތޯރިގް ވަނީ ހުށަހަޅާފައެވެ.
ޖޭއެސްސީގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު