ޔުނިސެފުން ރާއްޖޭގެ 44 ސްކޫލެއްގައި 22 އަތްދޮންނަ ސްޓޭޝަން ޤާއިމްކޮށްފިއެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަތްދޮންނަ ދުވަހުގެ މުނާސަބަތުގައި ވާރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި ޔުނިސެފުން ޤާއިމްކޮށްދިން އަތްދޮންނަ ސްޓޭޝަންތައް އެޑިއުކޭޝަން މިނިސްޓްރީއާ ވަނީ ހަވާލުކޮށްފަ އެވެ. އެސްޓޭޝަންތައް ބޭނުންކުރަން ފަށްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ އާއި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު މުޙައްމަދު އަލްމުނީރު އެވެ.
މިރަސްމިއްޔާތުގައި ޔުނިސެފްގެ ފަރާތުން ވަނީ ޑިސްއިންފެކްޓް ސާމާނުވެސް އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލުކޮށްފައެވެ. އަދި ސްކޫލް ކުދިންގެ މެދުގައި އަތް ދޮވުމަށް ހޭލުންތެރިކުރުމަށް ޚާއްޞާ ދެ ޕޯސްޓަރެއްވެސް މިރަސްމިއްޔާތުގައި އިފްތިތާޙުކުރި އެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަތްދޮވުމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަހެވެ. މި ދުވަސް ދުނިިޔޭގެ ފެންވަރުގައި ފާހަގަކުރަން ފަށާފައިވަނީ 2008 ވަނަ އަހަރުން ފެށިގެން ނެވެ. މިދުވަހަށް މިއަހަރު ޚާއްސަ ކޮށްފައިވަނީ، "ސާފު އަތްތައް، ފުރާނަ ސަލާމަތްކޮށްދޭ" މި ޝިޢާރެވެ.
ބައިނަލް އަޤުވާމީ އަތްދޮވުމުގެ ދުވަސް ފާހަގަ ކުރާ މި ދަނޑިވަޅަކީ ކޯވިޑް-19އާއި ގުޅިގެން ސާފުތާހިރުކަން އިސްކުރުމަށާއި، ގިނަގިނައިން އަތްދޮވުމަށް ސިއްޙީ ޚިދުމަތްތެރިން ބާރުއަޅަމުން ގެންދާ ދުވަސްވަރެކެވެ. އަދި ގޭތެރެއާއި ޢާންމުން ދިރިއުޅޭ ތަންތަންވެސް ސާފުކުރުމަށް ސިއްޙީ ޚިދުމަތްތެރިން ގެންދަވަނީ އިރުޝާދު ދެމުންނެވެ.

Ministry of Education has inaugurated the use of 44 handwashing stations in 22 schools that was established with help from @UNICEFMaldives, in a ceremony held today. (1/3)#HandHygieneforAll #GlobalHandwashingDay pic.twitter.com/yFYSisGmkJ
— Ministry of Education (@MoEdumv) October 15, 2020
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަތްދޮވުމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަހެވެ. މި ދުވަސް ދުނިިޔޭގެ ފެންވަރުގައި ފާހަގަކުރަން ފަށާފައިވަނީ 2008 ވަނަ އަހަރުން ފެށިގެން ނެވެ. މިދުވަހަށް މިއަހަރު ޚާއްސަ ކޮށްފައިވަނީ، "ސާފު އަތްތައް، ފުރާނަ ސަލާމަތްކޮށްދޭ" މި ޝިޢާރެވެ.
ބައިނަލް އަޤުވާމީ އަތްދޮވުމުގެ ދުވަސް ފާހަގަ ކުރާ މި ދަނޑިވަޅަކީ ކޯވިޑް-19އާއި ގުޅިގެން ސާފުތާހިރުކަން އިސްކުރުމަށާއި، ގިނަގިނައިން އަތްދޮވުމަށް ސިއްޙީ ޚިދުމަތްތެރިން ބާރުއަޅަމުން ގެންދާ ދުވަސްވަރެކެވެ. އަދި ގޭތެރެއާއި ޢާންމުން ދިރިއުޅޭ ތަންތަންވެސް ސާފުކުރުމަށް ސިއްޙީ ޚިދުމަތްތެރިން ގެންދަވަނީ އިރުޝާދު ދެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު