މާލޭގައި އެންޓިބޮޑީ ޓެސްޓު ހަދަންފަށައިފިއެވެ.
އެންޓި ބޮޑީ ޓެސްޓަކީ ކޯވިޑް-19 ޖެހި އެބަލިން ރަނގަޅުވެފައިވަނީ ކިހާ ޢަދަދެއްގެ މީހުންތޯ ދެނެގަތުމަށްޓަކައި ހަދާ ޓެސްޓެކެވެ. ރާއްޖޭގައި އެންޓިބޮޑީ ހުރިވަރު ދެނެގަތުމަށް ކުރާ ޓެސްޓެއް ކަމުގައި ކަނޑައަޅާފައިވަނީ ޕީ.ސީ.އާރް ޓެސްޓެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ މާލެ ސަރަޙައްދުގައި އެންޓިބޮޑީ ޓެސްޓު ހަދަން ފަށާފައިވަނީ ޢުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒު ކޮށްގެން ކަމަށެވެ. ނަމަވެސް މުޖުތަމަޢުގައި އުޅޭ ހުރިހާ ޢުމުރުފުރައެއްގެ މީހުންވެސް ޓެސްޓު ކުރާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ހެލްތު މިނިސްޓްރީން މިދިޔަ ޖުލައިމަހުގެ ތެރޭގައި ވަނީ އެ މިނިސްޓްރީގެ ހުއްދަ ނެތި އެއްވެސް ފަރާތަކުން ޢާއްމުންގެ މެދުގައި ކޯވިޑް-19ގެ އެންޓިބޮޑީ ޓެސްޓު ނުހެދުމަށް އަންގާފައެވެ. ޕީ.ސީ.އާރު ޓެސްޓު ހެދޭނީ ނެޝެނަލް ލެބޯޓްރީ ނިޒާމުގެ ތެރެއިން ކަނޑައަޅާ ފެންވަރާއި މިންގަނޑުތަކާ އެއްގޮތަށް އެކަމަށް ތަމްރީނު ލިބިފައިވާ ފަރާތްތައް މެދުވެރިކޮށްކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 11،062 އަށް އަރާފައެވެ. އޭގެ ތެރެއިން މިވަގުތު 1140 މީހަކަށް ފަރުވާދެމުން ގެންދާއިރު 35 މީހަކު ވަނީ އެބަލީގައި ނިޔާވެފައެވެ.

Sero-prevalence study initiated in the greater Male’ area today. Objective of the study is to:
— Health Protection Agency (@HPA_MV) October 15, 2020
🔸Identify past exposure to #COVID19
Participants are of age under 18 pic.twitter.com/PE3HWVDA3w
ހެލްތު މިނިސްޓްރީން މިދިޔަ ޖުލައިމަހުގެ ތެރޭގައި ވަނީ އެ މިނިސްޓްރީގެ ހުއްދަ ނެތި އެއްވެސް ފަރާތަކުން ޢާއްމުންގެ މެދުގައި ކޯވިޑް-19ގެ އެންޓިބޮޑީ ޓެސްޓު ނުހެދުމަށް އަންގާފައެވެ. ޕީ.ސީ.އާރު ޓެސްޓު ހެދޭނީ ނެޝެނަލް ލެބޯޓްރީ ނިޒާމުގެ ތެރެއިން ކަނޑައަޅާ ފެންވަރާއި މިންގަނޑުތަކާ އެއްގޮތަށް އެކަމަށް ތަމްރީނު ލިބިފައިވާ ފަރާތްތައް މެދުވެރިކޮށްކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 11،062 އަށް އަރާފައެވެ. އޭގެ ތެރެއިން މިވަގުތު 1140 މީހަކަށް ފަރުވާދެމުން ގެންދާއިރު 35 މީހަކު ވަނީ އެބަލީގައި ނިޔާވެފައެވެ.
ކިޔުންތެރިންގެ ހިޔާލު