މާފުށީގައި ގެސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ.މައުސޫމް ބައިވެރިވަޑައިގަންނަވަނީ
މާފުށީގައި ގެސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ.މައުސޫމް ބައިވެރިވަޑައިގަންނަވަނީ
ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަސައްކަތް ކުރާ ރިސޯޓްތައް ކައިރީގައި ހުންނަ ތަރައްގީވެފައިވާ ބޮޑެތި ރަށްރަށުގައި އާއިލާއެކު ދިރިއުޅޭނެ ތަނެއް ހެދުމުގެ ވިސްނުން އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދު ﷲ މައުސޫމް މިރޭ ވިދާޅުވެއްޖެެެއެވެ.

ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދު ﷲ މައުސޫމް ވިދާޅުވީ، ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް އާއިލާއާއެކު ދިރިއުޅެވެން ޖެހޭ ކަމަށެވެ. އެގޮތުން ފަތުރުވެރިން އުޅޭ ރިޒޯޓްތައް ކައިރީގައި ހުންނަ ތަރައްގީވެ ނުވަތަ ތަރައްގީވަމުންދާ ބޮޑެތި ރަށްރަށުގައި މުވައްޒަފުންނަށް ޚާއްސަކޮށް ރެސިޑެންޓް ނުވަތަ އާއިލާ އެކު އުޅެވޭތަނެއް ހެދުމަކީ ސަރުކާރުން ގެންގުޅޭ ވިސްނުމެއް ކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފުލެޓް ފަދަ ބޯހިޔާވަހިކަން ނުލިބޭތީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމަށާއި، އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ މުވައްޒަފުންނަށް ޚާއްސަ ރެޒިޑެންޓް ގާއިމްކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެބޭފުޅުން ( މުވައްޒަފުން ) މަސައްކަތް ކުރަމުން އުޅޭނެ ރެޒިޑެންސް އެ ރެޒިޑެންސް ކުއްޔަށް ވެސް އުޅެވިދާނެ، ހޯމް ކުރާގޮތަށް ވެސް އުޅެވިދާނެ މިއީ އަޅުގަނޑުމެންގެ ވިސްނުމެއް އިރާދަކުރެއްވިޔާ މިކަން ކާމިޔާބުވާނެ އޭރުން އާއިލާ ދިރިއުޅޭނީ އެބޭފުޅަކު މަސައްކަތްކުރާ ރިސޯޓަކާއި ވަރަށް ކައިރި ރަށެއްގައި އެއީ އަމިއްލަ ރަށާއި ކައިރީގައި ރިސޯޓެއް ނެތިއްޖެއްޔާ، މުސްތަގުބަލްގައި މިކަން ވެގެން ނޫނީ ފަތުރުވެރިކަން އޭގެ ޒާތުގައި އިޖްތިމާއީ ހަމަޖެހޭ އުސޫލަކުންނެއް ނުހިގާނެ." މިނިސްޓަރު ޑރ.މައުސޫމް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން އުޅޭ ރަށުގައި ހޮޓާތަކާއި ގެސްޓް ހައުސްތައް އެޅުމަކީ އާއިލާއާއި އެކީގައި މުވައްޒަފުންނަށް އުޅެވޭނެ މަގު ތަނަވަސްވާނެ ކަމެއް ކަމަށާއި، އެކަން ސަރުކާރުން ކުރަމުންދާ ކަމަށް މިނިސްޓަރު ޑރ.މައުސޫމް ވިދާޅުވިއެވެ.

ދާދިފަހުން މަޖިލީހުން ވަނީ ރިޒޯޓް މުވައްޒަފުންނަށް މަސައްކަތް ނިމުމުން އާއިލާ ގާތަށް ދެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް ނައިޓަށް ދެވޭ އިސްލާހެއް ވެސް ފާސްކޮށްފައެވެ. އެ އިސްލާހަށް އަމަލު ކުރަން ފަށާފައިވާއިރު ޑިއުޓީގަޑި ނިމުމުން މުވައްޒަފުން ރިޒޯޓްގައި މަޑުކުރުމަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް އިސްލާހުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން