'
'އަދަދު' ނޫހުން އުފެއްދި 'އައިޝާ' ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ އިސްވެރިންނާ ދެކޮޅަށް ފަށާފައިވާ ޖިނާއީ ތަހުގީގުތައް ހުއްޓާލުމަށާއި، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ހިންގާ އަމަލުތައް ހުއްޓާލުމަށް ގޮވާލާ ބައިނަލްއަގުވާމީ ނުވަ ޖަމިއްޔާއަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފިއެވެ.
ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިސްވެ އޮވެ ފޮނުވި މި ސިޓީގައި، ނޫސްވެރިންނަށް ބިރުދެއްކުމާއި ގާނޫނީ ފިޔަވަޅު އެޅުން ހުއްޓާލައި، ނޫސްވެރިކަމަށް މިނިވަން މާހައުލެއް ގާއިމްކޮށްދިނުމަށް ވަނީ ބާރުއަޅާފައެވެ.
މިދިޔަ މާރިޗު މަހުގެ 28 ވަނަ ދުވަހު 'އައިޝާ' ޑޮކިއުމެންޓްރީ ޝާއިއުކުރުމާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ 'އަދަދު' ނޫހުގެ އިދާރާ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފައެވެ.
މީގެ އިތުރުން އެ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ފަސް ތުހުމަތެއް ކޮށް، އެ ދެ ބޭފުޅުންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރުކުރުމުން އެ ބޭފުޅުން ވަނީ ހަނުހުރުމުގެ ހައްގު ބޭނުންކުރައްވާފައެވެ. އަދި މި މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އީޝާ އަޝްރަފް ވެސް ފުލުހަށް ހާޒިރުކޮށް، އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.
ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ސިޓީގައި މި ސަރުކާރުން މީޑިއާތައް ކޮންޓްރޯލްކުރުމަށް ފާސްކޮށްފައިވާ ގާނޫނުތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފައެވެ.
ވަކިން ހާއްސަކޮށް، ޗެނަލް 13 އިން ޕީއެންއެފްގެ މުޒާހަރާތައް ވަގުތުން ގެނެސްދިނުން ހުއްޓާލުމަށް މީޑިއާ ކޮމިޝަނުން އަންގާފައިވާ އެންގުމަކީ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހެއްގެ ގޮތުގައި އެ ޖަމިއްޔާތަކުން ސިފަކުރެއެވެ.
އެ ސިޓީގައި ބުނެފައިވަނީ މީޑިއާ ކޮމިޝަނުގެ މިފަދަ އަމަލުތަކުން ފެންނަނީ ނޫސްވެރިކަން ހުއްޓުވުމަށް މަސައްކަތްކުރާ މަންޒަރު ކަމަށެވެ.
ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅުމަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާ މުޅިން ހިލާފު ކަމެއްކަން ފާހަގަކޮށް، އެ ސިޓީގައި ވަނީ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. މި ފިޔަވަޅުތަކަކީ ރައީސް މުއިއްޒުގެ އަމުރުފުޅަށް ހިންގާ އަމަލުތަކެއްގެ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުން ތުހުމަތުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު