ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޒަހާ ވަހީދު
ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޒަހާ ވަހީދު
އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި ދަނޑުވެރިކަން ތަރައްގީ ކުރުމަށް ސޮއިކުރި އެއްބަސްވުމުގެ މަޝްރޫޢުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށި ދަނޑުވެރިންނަށް އެމަޝްރޫޢުގެ ސީދާ މަންފާ ލިބެން ފަށާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، މަސްވެރިކަމާއި ދަނޑުވެރިވެރިކަމާ ބެހޭ ވަޒީރު ޒަހާ ވަހީދު ދެއްވި ޚިތާބުގައި ވިދާޅުވީ، އިފާޑްގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އުތުރުގެ 3 އަތޮޅެއްގައި، ދަނޑުވެރިންނަށް ބޭނުންވާނެ މައިގަނޑު އިންފްރާސްޓްރަކްޗަރތައް ކަމަށްވާ ކޯލްޑްސްޓޯރޭޖްތަކާއި ކާނާ ބަންދު ކުރާ ފެސިލިޓީތައް، ޤާއިމުކުރެވޭނެ ކަމަށެވެ. އަދި ދަނޑުވެރިގެ އުފެއްދުންތައް މާކެޓަށް ނެރުމަށް ގްރޭޑްކުރުމާއި ތަކެތީގެ ފެންވަރު ވަކި މިންގަޑެއްގައި ހިފެހެއްޓުމަށް ބޭނުންވާނެ ވަޞީލަތްތައްވެސް ޤާއިމްކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން އިތުރު ކުރެވޭނީ ދަނޑުވެރިކަމާއި މަސްވެރިކަން ޤައުމުގެ އިޤްތިޞާދުގައި އަދާކުރާ ދައުރު ބޮޑު ކުރެވިގެން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފަތުރުވެރިކަމުގެ ސިނާޢަތަށް ވިއްކޭނެ ހަރުދަނާ އުޞޫލުތަކެއް ޤާއިމު ކުރެވިއްޖެނަމަ، ރަށު ފެންވަރުގައި އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުވެގެން ދާނެ ކަމަށެވެ.

ދަނޑުވެރިކަމުގެ މަސައްކަތަށް މީހުން ދިރިއުޅޭ ރަށްރަށުން ލިބެންހުރި ހުސްބިންތައް ކުއްޔަކާނުލައި 3 އަހަރުގެ މުއްދަތަށް ކުލި މައާފް ކުރުމަށް ސަރުކާރުން ނިއްމި ނިއްމުމަށް އިޝާރަތް ކުރައްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ އެ ނިންމެވުމަކީ ދިވެހިރައްޔިތުންގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމާއެކު ދަނޑުވެރިކަންކުރާ ފަރާތްތައް މަސައްކަތުގައި ދެމިތިބުމަށް ފަހި ގޮތްތަކެއް ހޯދާދިނުމުގެ މަޤްޞަދުގައި ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މި ނިންމެވުމުގެ ސަބަބުން ދަނޑުވެރިންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދިޔަ ކަމަށް." ޒަހާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން