ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް
ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް
ރާއްޖެ އަށް އިންވެސްޓް ކުރަން އިންވެސްޓަރުން ބިރުގަންނަ ކަމަށާއި، މާލީ މުޝީރުންގެ ގޮތުގައި ރާއްޖޭގައި މިއަދު ތިބީ އިންޑިއާ މީހުން ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގައި މާލީ މުޝީރުންގެ ގޮތުގައި މިއަދު ތިބީ އިންޑިއާ މީހުން ކަމަށާއި، މިގައުމަށް އިންވެސްޓް ކުުރަން އިންވެސްޓަރުން މިހާރު ބިރުގަންނަ ކަމަށެވެ. ރާއްޖޭގައި އިންޑިއާ ނޫން އެއްވެސް ގައުމަކުން ރައްޔިތުންނަށް ފައިދާވާ ކަހަލަ އިންވެސްޓެއް ކުރަން އެގައުމުން ބޭނުންނުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިސަރުކާރުން އިންޑިއާ އެކު ހެދި ނުރައްކާތެރި އެއްބަސްވުން ތަކުގެ ދަށުން ރާއްޖޭގެ މާލީ އިންޓެލިޖެންސް އިންޑިއާ އިން ހޯދާފައިވާ ކަން ޝިޔާމް ވަނީ ތުހުމަތުކުރައްވާފައެވެ.

"އިންޑިޔާ ބިރުގަނޭ މިތަނުގައި އެހެން ގައުމުތަކުން އިންވެސްޓްކުރާތީ، އެކަމު ކޮބާތޯ އަޅުގަނޑުމެންގެ ހައްގު؟ ގައުމު ނުދަރާ ދިރިއުޅުމެއް މިތަނުގައި އުޅެން އަޅުގަނޑުމެން ވެސް ބޭނުން. ގައުމު އަޅުވެތިކަމަށް ހުށަނޭޅޭ ދިރިއުޅުމެއް އުޅެން ބޭނުންވޭ. އިގްތިސާދީ ގޮތުން ފުދުންތެރި ގައުމެއްގައި އަޅުގަނޑުމެން ވެސް އުޅެން ބޭނުން. އަސްލު އެކަންތައް ހާސިލް ކުރަން ހުރި މަގުތައް އިންޑިއާއިން ބަންދު ކުރަނީ، މިހާރު ދިވެހިރާއްޖޭގެ މާލީ މުޝީރުންގެ ގޮތުގައި ތިބެނީ އިންޑިއާ. މިތަނުގައި އެއްވެސް ރަނގަޅު ސްކޭލެއްގެ އިންވެސްޓްމަންޓެއް ނާއްނާނެ." ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން އިންވެސްޓް ކުރުމަށް އެޅޭ ހުރަސްތައް ނައްތާލުމަށް ގާނޫނުތައް ހެދި ކަމަށާއި، އެގޮތުން ކުރިއަރާފައިވާ ގައުމުތަކަށްވުރެ ފަހިގޮތަކަށް އޭރު ގާނޫނުތައް ބައްޓަންކޮށްފައިވާކަން ޝިޔާމް ވަނީ ފާހަގަކުރަށްވާފައެވެ.

"އޭގެ ނަތީޖާ އަކަށް ވެގެންދިޔައީ މިގައުމަށް ބޮޑު އިންވެސްޓްމަންޓްތަށް އެޕްރޯޗްކުރުން، މިގައުމަށް ބޮޑެތި ސިންގާހާ، މީގެ ކުރިން ހީނުކުރާހާ، ދިވެހިރާއްޖެ ނުދެކޭހާ ބޮޑެތި އިންވެސްޓްމަންޓްތައް އަންނަން ފެށުން." ޝިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ހައްވާޑޭޝް

17-Oct-2020

ކޮން އިންވެސްޓަރަކުބާ ސިޔާމް ކައިރީ ރާއްޖޭގަ އިންވެސްޓް ކުރަން ތިމަންނަ ބިރުގަނެޔޭ ބުނީ. ހަމަހުރެލާފަ ތިބާވަތުގެ ވާހަކައެއް އަދިސިޔާމް ކަހަލަ މީހަކުބުނެލީމަ މ ޒަމާނުގަ ގަބޫލުކުރާނެ ބަޔަކު ނުތިބޭނެ. ފަހަރުގަ އަދުރޭކަހަލަ މީހަކު ‘ސިޔާސީގޮތުން’ ގަބޫލުކޮށްފާނެ.



ޓްރެންޑިން