ޞަލަފްގެ ރައީސް ‏ޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް އާއި ޝައިޚް ޙުސެއިން ރަޝީދު އަޙްމަދު
ޞަލަފްގެ ރައީސް ‏ޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް އާއި ޝައިޚް ޙުސެއިން ރަޝީދު އަޙްމަދު
ސަލަފް ޖަމިއްޔާ ވަނީ ލާދީނިއްޔަތަށް ވިކި ހުސްވެފައިކަމަށް އައްޝައިޚު ޙުސެއިން ރަޝީދު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމިއްޔަތުއް ޞަލަފްގެ ރައީސް ‏ޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝައިޚް ޙުސައިން ވިދާޅުވީ ޞަލަފާއި އެޖަމިއްޔާގެ ރައީސް ޢަބްދުﷲ ވަނީ ރައީސް ޔާމީންގެ ލާދީނިއްޔަތަށް ވިކި ހުސްވެފައި ކަމަށެވެ. އަދި އެމީހުންނަށް ހެވެއް ނުވިސްނޭނެ ކަމަށް ޝައިޚް ޙުސައިން ވިދާޅުވިއެވެ.

ހަމައެކަނި އިސްލާމީ ޝަރީޢަތް ކިޔެވުމަށްފަހު، ޤާނޫނީ ތަޢުލީމް އުނގެނިފައިނުވާ ފަރާތްތަކަށް ރާއްޖޭގައި ވަކާލާތުނުކުރެވޭ ގޮތަށް ބާ ކައުންސިލުން ނިންމި ނިންމުމަކީ ރާއްޖެއިން އިސްލާމީ ޝަރީޢަތް ފުހެލުމަށް ދުރު މުސްތަޤުބަލަކަށް އަމާޒު ކޮށްގެން އެމްޑީޕީ ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ އަސާސީ ބިންގަލެއްކަމަށް ޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމްގެ ވާހަކަތަކަށް ރައްދުދެއްވައި ޝައިޚު ޙުސެއިން ރަޝީދު އަޙްމަދު ވިދާޅުވީ ޖަމްޢިއްޔަތުއްސަލަފާއި އެ ޖަމްޢިއްޔާގެ ރައީސް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް މިހާރު ހުންނެވީ ދީނީގޮތުން ހައްދުފަހަނައަޅާ ގޮސް ހަތަރުއުދަރެސް ބެދިފައި ކަމަށެވެ.

"ތިޔަބުނާ ޖަމްޢިއްޔަތުއްސަލަފު ހެދީ ޢަދާލަތު ޕާޓީ އުފެއްދުމުން ޑިމޮކްރަސީއާއި ޕާޓީ ސިސްޓަމް ސިޔާސަތު ޚިލާފުވާތީ. މިހާރު ސަލަފުން ތިޔަ ހިނގަނީ ކޮންމަގަކުންބާއޭ އަޅުގަނޑުގެ ސުވާލަކީ." ޝައިޚު ޙުސެއިން ރަޝީދު ވިދާޅުވިއެވެ.



ޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވީ މިއަދު ހިތާމަޔަކީ އިސްލާމީ ޝިޢާރު ބީވެގެންދާއިރު ދީނީ ޢިލްމުވެރިންގެ މައްޗަށް އެކުލެވިގެންވާ ޢަދާލަތު ޕާޓީ ވެސް އެމްޑީޕީގެ ލާދީނީ ސިޔާސަތުތަކާމެދު ވަރިހަމަވެފައިވާކަން ކަމަށެވެ. އޭގެ އިތުރުން ޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވަނީ ޖުޑިޝަރީ އިސްލާހުުކުރުމާއި އަނިޔާވެރިކަން ނައްތައިލުމުގެ ޝިޢާރު އުފުލަމުންދިޔަ ބޭނުން ރައީސް ޞާލިޙްގެ ވެރިކަމުގައި އެހެރަ ދަނީ ކަޝްފުވަމުންކަމަށް ވިދާޅުވެފައެވެ.

ދާދިފަހުން މަދީނާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިގުރީ ޙާޞިލުކުރި ދެ ދަރިވަރުންނަށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ނުދިނުމަށް ބާ ކައުންސިލުން ނިންމި ނިންމުމާ ދެކޮޅަށް ދީނީ އިލްމުވެރިން ގެންދަވަނީ އަޑުއުފުއްލަވަމުންނެވެ. އޭގެ ތެރޭގައި އަދާލަތު ޕާޓީ ވުޖޫދު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހަންމަދު ޝަހީމް އަލީ ސަޢީދު ވެސް ހިމެނިވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ބޭބެ

17-Oct-2020

ހުސޭނާ ތިޔައީ އަޅެ ސޭޚެއްތަ ނޫނީސޭކެއްތަ ނޫނީ ބޯތަލް ބޭޗާރާއެއްތަ?


0

ޒިޔާދު ބިން އުމަރު

17-Oct-2020

ހުސެން ރަޝިދު ތިޔަވާޙަކަ ބުނަން ލަދުނުގަން ކަމާއި މެދު ހައިރާންވޭ


8

ސަމްބަލް

17-Oct-2020

ލާދީނިއްޔަތަށްގޮސްހުސްވެފައިވަނީ އެމްޑީޕީ އަަށްތާއީދުކުރާ ދީނައްވުރެ މާއްދިއްޔަތައްގޮސްހުސްވެފައިވާ ތިކަހަލަ ޝައިހުންކަން ހުރިހާދިވެހިންވެސް ދަނެއެވެ.


3

ގައުމީ ލޯބި

17-Oct-2020

މި ގައުމުގައި އުޅޭ ނަސޯރާ ދީނަށް ތާއީދު ކުރާ ޕޮލިޓިކަލް ދޮންބެ ތަކުގެ ބޭނުމަކީވެސް ދީނީ އިލްމުވެރިން އެކަކު އަނެކަކަށް ތަޅާފޮޅުވުން.. އެމީހުންގެ އަގުވެއްޓުން އެކި ނަންނަމުގައި އެމީހުން ލޭބަލް ކުރުން އޭރުން ދޯ އެމީހުންގެ ވާހަކަ މީހުންނާހާ.. އެއީ މިވެނި ޝޭހެއް އެވެނި ޝޭހެއް ކިޔާނީ. މި މަޤްސަދު ހާސިލުވިޔަނުނީ ދީނީ އިލްމުވެރިން އެކަން ކަމަށް ސަމާލުވުން މުހިއްމު މިފަދަ ލާދީނީ އޮވަރު އޮތް ދުވަސްކޮޅެއްގައި އަޅުގަނޑަށްވުރެން ތިބޭފުޅުން މާ މޮޅުވެފައި ދީނާއި ސަޤާފަތް, ތަންދޮރު އެގޭނެ ނަމަވެސް ހަމަ ހަދާން ކޮށްލަދިނީ ސަލަފަކަސް, އަދާލަތަކަސް, އަދި ހުސެއިން ނުވަތަ އެނޫންވެސް ޝޭޙުން މިކަމަށް ސަމާލުވުން ވަރަށް މުހިއްމު



ޓްރެންޑިން