ދައުލަތުގެ މުއައްސަސާތައް "ސަރުކާރުގެ ހާދިމުން"ގެ ގޮތުގައި ތިބެ، ރައްޔިތުންގެ އަސާސީ ހައްގުތައް ގާނޫނުއަސާސީއާ ޚިލާފަށް ހަނިކުރަމުންދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
"ރަސް އޮންލައިން" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޑރ. ދީދީ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކަށް އަންނަ އަމުރުތަކުގެ "ލީގަލިޓީ" ނުވަތަ ގާނޫނީ ސައްހަކަމާމެދު އެ ތަންތަނުގެ ގާނޫނީ ޓީމުތަކުން ސުވާލު އުފައްދަންޖެހޭނެ ކަމަށެވެ.
މުއައްސަސާތަކުގެ ނިންމުންތަކުން ދުސްތޫރީ ހައިސިއްޔަތު ގެއްލޭނަމަ، އެކަންކަން ޖުޑީޝަލް ރިވިއުއަކަށް ހައިކޯޓަށް ނުވަތަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިއެންމެން މިއަދު މިތިބީ ސަރުކާރު ހާދިމުންގެ ގޮތުގައި. ރައްޔިތުންގެ ހާދިމުންގެ ގޮތުގައި ތިބެންޖެހޭ މީހުން ސަރުކާރު ހާދިމުންނަށް ވެއްޖެ،" ޑރ. ދީދީ ވިދާޅުވިއެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ވަކި މައުލޫއުތަކަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ވާހަކަ ނުދެއްކޭ ގޮތަށް ރެސްޓްރިކްޓް ނުވަތަ ހަނި ނުކުރެވޭނެ ކަމަށެވެ.
ގާނޫނުއަސާސީން ހިމާޔަތްކޮށްދޭ ޕްރައިވެސީގެ ހައްގާއި، ގައުމީ ސަލާމަތް ފަދަ ކަންކަމާ ނުގުޅޭ މިންވަރަށް މާ ފުޅާކޮށް މީހުންގެ ބަސް ބަންދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ފަހުގެ ތާރީޚެއްގައި މިފަދަ ގޮތަކަށް ހައްގުތައް ހަނިކުރާ ކޯޓު އަމުރުތައް ފެނިފައިނުވާ ކަމަށާއި، މިއީ ދުނިޔޭގެ އުސޫލުތަކާވެސް ބީރައްޓެހި ކަމެއްގެ ގޮތުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު