ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ (ކ) އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)
ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ (ކ) އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)
ޓްރާންސްޕޯޓް މިނިސްޓްރީ އަކީ ކޮރަޕްޝަންގެ ހާއްޔެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެ މިނިސްޓްރީއަށް ތުހުމަތުތަކެއް ކުރަށްވައިފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނެސް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާލޭގެ މަގުމަތިން ޕާކިން ސްލޮޓް ދޫކޮށް އެތަންތަނަށް ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ދާކަމަށް ޓްރާސްޕޯޓް މިނިސްޓްރީން އިޢުލާން ކޮށްފައިވާތީ އެ މަސައްކަތަކީ ހިންގަން އުޅޭ ބޮޑު ކޮރަޕްޝަނެއް ކަމަށް މޮސްޓާ ވަނީ ވިދާޅުވެފައެވެ.

"އަނެއްކާ އަނެއް ކޮރަޕްޝަން ފައްޓަން މިއުޅެނީ. ދެން ތިބުނާ ސްލޮޓެއް ލިބޭ ކަމަކަށް ނުވާނެ. މިހާރުވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ މަތީ މަޤާމުތަކުގައި ތިބޭމީހުން ދަނީ ނުހައްގުން އެތައްލާރިއެއް ނަގަމުން." މެމްބަރު މޮސްޓާ ވިދާޅުވިއެވެ.



ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރ ޝިމާޒް ޢަލީ ވިދާޅުވީ، މާލޭގައި ގަރާޖުތަކަށް ވެހިކަލް ރަޖިސްޓްރީކުރުމުގައި ކުރިން ނުރަނގަޅު ކަންކަން ހިނގާފައިވާކަމަށާއި، އެކަންތައްތައް އިސްލާހުކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ގަރާޖެއް ރަޖިސްޓްރީ ކުރުމަށްފަހު އެތަނަށް ހުއްދަދިނުމުން އެއީ ރަނގަޅުތަނެއްތޯ މިނިސްޓްރީގެ ފަރާތުން ބެލުމަށްފަހު ވެހިކަލަށް ހުއްދަދެމުން އަންނަކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާ މަޖިލީހުގެ ކޮމިޓީގައި ޝިމާޒް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާލޭގައި ޚާއްޞަ ސަރަހައްދުތަކެއް ކަނޑައަޅައި އެތަންތަނަށް އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އެގޮތުން މާލޭގައި އުޅަނދު ރަޖިސްޓްރީކޮށްދޭނެ ވަކި ޚާއްޞަ ސަރަހައްދުތަކެއް ކަނޑައެޅިފައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިމާޒް ވިދާޅުވީ މާލޭގައި އުޅަނދު ރަޖިސްޓްރީކުރުމަށް ސްލޮޓް ދޫކުރެވިދާނެ ބައެއް ސަރަހައްދުތައް ކަނޑައެޅިފައި ވާކަމަށާއި، އެގޮތުން ބުރުޒު މަގުން ދެކުނުގައި ޕާކް ކުރެވޭނެ ތަންތަން މިހާރު ދެނެގަނެވިފައި ވާކަމަށެވެ. އޭގެތެރޭގައި 4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށް ޕާކު ކުރެވޭނެ 311 ތަނަކާއި ސައިކަލު ޕާކުކުރެވޭނެ 11 ހާސް ތަނެއް މިހާރު ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި އެއްގަރާޖަށް އެތައް ސަތޭކަ ވެހިކަލެއް ރަޖިސްޓްރީ ކޮށްދޭ ވާހަކައާއި ޑްރައިވިން ލައިސަންސް ވިއްކާ ވާހަކައަކީ އަބަދުވެސް ދެކެވޭ، ނަމަވެސް އެއްވެސް ސަރުކާރަކަށް އިސްލާހު ނުކުރެވޭ ކަންކަމެވެ. ގިނަ ޚިދުމަތްތައް ނަމްބަރު ނަގައިގެން ކިޔޫގައި ތިބެގެން ހޯދަން ޖެހޭ ގޮތަށް އޮންނަ ޓްރާންސްޕޯރޓް މިނިސްޓްރީގެ އެކި ޑިޕާރޓްމެންޓް ތަކުގެ ޚިދުމަތްތައް ރަނގަޅު ކުރަން މަސައްކަތް ކުރަށްވާ ވާހަކައަކާއި ކުރިން "ހާވާފައި ހުރި ހަޑިތައް" ފިލުވުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ޓްރާންސްޕޯރޓް މިނިސްޓަރ އައިޝަތު ނަހުލާވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

މަރިޔަންބު

17-Oct-2020

ތިވާހަކަ ދައްަން މާ ރީތި ބައެއް ނޫން ތީކީ


-2

އަލީ

17-Oct-2020

ވަކި މިވެނި ތަނެކޭ ބުނެވޭ ވަރައް ވުރެ ބޮޑައް ކަރަޕްސަން ވަނީ އަށަގަނެފަ


-1

ހަސަން

17-Oct-2020

ތިނޫން ތަނެއް އެބަ އޮޔްބާ



ޓްރެންޑިން