ސީރިޔާ އަށް ހަނގުރާމައަށް ގޮސް އެނބުރި އައި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރު ކުރުމުގެ ތެރެއިން.
ސީރިޔާ އަށް ހަނގުރާމައަށް ގޮސް އެނބުރި އައި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރު ކުރުމުގެ ތެރެއިން.
ސީރިޔާ އަށް ހަނގުރާމައަށް ގޮސް އެނބުރި އައި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަކަމަށް ތުހުމަތުކޮށް ރޭ ހައްޔަރުކުރި ޢުމުރުން 34 އަހަރުގެ މީހާ ބަންދުގައި ބަހައްޓައިގެން ތަޙުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން 7 ދުވަސް ޖަހައިދީފައި ވާކަމަށެވެ.

ސީރިއާއަށް ހަނގުރާމައަށް ދިއުމަށްފަހު އެނބުރި ރާއްޖެ އައި މީހާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެމީހާއަކީ ސީރިޔާގައި ހިނގަމުންދާ ޓެރަރިސްޓު ޙަރަކާތްތަކުގައި ބައިވެރިވެފައިވާ މީހެއްކަމަށް ތުހުމަތު ކުރެވޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙަމަދު ޙަމީދު ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާއަކީ ބޭރު ޤައުމުތަކުގައި ހިންގާ ޓެރަރިސްޓް ޙަރަކާތްތަކުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ދިވެހިންގެ ތެރޭގައި ހިމެނޭ މީހެއް ކަަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވި އެވެ.

ފުލުހުންވަނީ މިމީހާ މާލޭގައި ދިރިއުޅުނު ގެ ބަލައި ފާސްކޮށްފަ އެވެ. ބޭރު ޤައުމުތަކުގައި ހިނގާ ހަނގުރާމަތަކާއި ޓެރަރިސްޓު ޙަރަކާތްތަކުގައި ދިވެހިން ބައިވެރިވާކަމުގެ ރިޕޯޓުތައް ފެންމަތިވެފައިވާއިރު، މިފަދަ ޙަރަކާތްތަކުގައި ބައިވެރިވެފައިވާ ބައެއް ދިވެހިން މަރުވެފައިިވާކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. އަދި މިދިޔަ އަހަރު އަފްޣާނިސްތާން ސަރުކާރުން ހައްޔަރުކުރި 243 އައިއެސް ހަނގުރާމަވެރިންގެ ތެރޭގައިވެސް ދިވެހިން ހިމެނޭކަމަށް އެ ޤައުމުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ޓެރަރިޒަމްގެ ހަރަކާތްތައް ރާއްޖެއިން ނައްތާލައި ކުރިމަތިވެފައިވާ ނުރައްކަލުން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވަނީ ވިދާޅުވެފަ އެވެ. އެގޮތުން ހަރުކަށި ފިކުރު ފެތުރުމާއި، ބޭރު ޤައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް މީހުން ރެކްރޫޓްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި މިދިޔަ އަހަރުވެސް ރާއްޖެއިން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.

ސީރިއާގައި ތިބި ދިވެހިންގެ އަދަދާ ބެހޭ ގޮތުން ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފައި ވަނީ 173 މީހަކު ސީރިއާއަށް ހަނގުރާމައަށް ގޮސްފައި ވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން