ފުވައްމުލައް ސިޓީ (ފޮޓޯ: ސޯޝަލް މީޑިއާ)
ފުވައްމުލައް ސިޓީ (ފޮޓޯ: ސޯޝަލް މީޑިއާ)
ފުވައްމުލަކު ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ފުވައްމުލަކުން ޕޮޒިޓިވްވެފައިވަނީ އެ ރަށުގައި ހޯމް ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު އިއްޔެ ސާމްޕަލް ނެގި މީހެކެވެ. މި މީހާ ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ފުވައްމުލަކުން ކޯވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިފައިވާއިރު ހދ. ނޮޅިވަރަމުންވެސް މިއަދު ވަނީ ކޯވިޑް-19 އަށް ކުޑަކުއްޖަކު ޕޮޒިޓިވް ވެފައެވެ.

އަތޮޅުތެޜޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވާ މީހުން އިތުރު ވަމުން ދާއިރު ކުޅުދުއްފުށި ސިޓީއާއި ހަނިމާދޫއާއި ކުރިނބީގައި ވެސް ކޮވިޑްގެ ބަލި މީހުން ތިބިކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން މުޅި ރާއްޖޭގައި ޖުމްލަ 18 ރަށެއްގައި ކޯވިޑް-19 ޖެހިފައިވާ 146 މީހުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ 87 ދިވެހިންނާއި 59 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން