އަހުމަދު މަސްނޫމް   16 އޮކްޓޯބަރު 2020 - 23:43
މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި މާލޭގައި ޕާކުކުރެވޭނެ 7 ޢިމާރާތް ޢެޅުމަށް ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް ޢަލީ ވިދާޅުވީ މާލޭގައި އިމާރާތްކުރާ 7 ޢިމާރާތުގެ ތެރެއިން މިއަހަރު ތެރޭގައި 4 ބުރީގެ ޢިމާރާތެއް އަޅާނެކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައް ޕްލޭނިންގ މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއިއެކު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

ޝިމާޒް ވިދާޅުވީ މާލޭގެ 2 ސަރަޙައްދެގައި ޕާކިން ޢިމާރަތްތަކެއް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި އެގޮތުން މިއަހަރު ހީނާމާގޭގައި ފުރަތަމަ ޢިމާރާތް ޢަލާނެކަމަށެވެ.

"ޕްލޭނިން މިނިސްޓްރީން މިވަގުތު އިކޮނޮމިކް މިނިސްޓްރިއާއި މަޝްވަރާކޮށްގެން މާލޭގެ 2 ސަރަހައްދެއްގައި މަލްޓިސްޓޯރީ ބިލްޑިން ތަކެއް އެޅުމުގެ މަސައްކަތް އެބަދޭ. މަޢުލޫމާތު ލިބިފައިވާގޮތުން ވެއްޖެއްޔާ މިއަހަރު ހީނާމާގޭގައި 4 ބުރީގެ ޕާކިން ބިލްޑިންއެއް އެޅޭނެ. އެޕްރޮޖެކްޓް ކުރިއަށް އެބަދޭ. " ޝިމާޒް ވިދާޅުވިއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ޕާކް ކުރުމަށްޓަކައި އެކާވީސް ސަރަޙައްދެއްގައި ޕާކިންގ ބިލްޑިންގ އެޅުމަށް ސިޓީ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

މާލޭގައި ޕާކިން ބިލްޑިންގތަކާއި ޕާކިން ޒޯންތައް ހެދުމަށް ހަމަޖެހިފައިވާއިރު، މާލޭގެ މަގުތައް ތަރައްޤީކޮށް ނިމޭއިރު 121 މަގުގެ 30 އިންސައްތައިގައި ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެގޮތުން އެތަންތަނުގައި 3700 ސައިކަލާއި 350 ކާރު ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

އައަމިނަތު ކުޑަރައް

17-Oct-2020

ތިކަން ކަން މާ ބޮޑައް ލަސް ވެސް ވެއްޖެ އަވަސް ކުރޭ މިސަރުކާރައް ސުކުރާއި މުބާރިކު ބާދީ އަރިސް ކުރަން


8

ހަސަން ފުޅު

17-Oct-2020

ވަރައް ރަންގަޅު ކަމެއް މިހާރު ތިދަނީ ރަންގަޅު މިސްރާބައް ދުނިޔޭގެ ކުރި އަރާފަ ވާ ހުރިހާ ގައުމެއްގަ ވެސް ތިފަދަ އަމާރަތްތައް ހުރޭ.


18

ހަޖަމްނުވި ނެޓް

17-Oct-2020

މިސަރުކާރު ވެރިކަމަށް އައީ ވެރިކަން ލިބޭތާ 100 ދުވަހުގެ ތެރޭގައި އިންޓަނެޓް އަގުހެޔޮކުރުމަށް ވައުދުވަމުންނެވެ. އަދި މިއާދާއި ހަމަޔަކަށް އިންޓަނެޓް އަގުހެޔޮކުރިކަމަށް އިއުލާން ކުރިކަމެއް އެގޭކައްނެތެވެ. މިއަށް ކުޑަކަން މިހެން އޮއްވާ އިހަށްދުވަހު ކޮމިއުނިކޭޝަން މިނިސްޓަރު އިއުލާންކުރައްވަނީ އަންޑަވޯޓަރ ސައިބާކެފޭއެއް ވުޖޫދުކުރަން ޝައުގުވެރިވާފަރާތްތަކަށް ދައުވަތު ދެއްވާ އަޑެވެ. މީހަކު ބޯނުގޮވާހުރިއްޔާ އެއީ އެމީހާ މައްސަލައެވެ.



ޓްރެންޑިން