ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިފިއެވެ.
"ބޮޑު ބަދަލު" ކެމްޕޭނުގެ ތެރެއިން ސްްރީލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު މިހާރު ނުކުމެވަޑައިގެން އެ ހުންނެވީ މިހާރު އޮތް ވެރިކަން ނިމުމަކަށް ގެންނެވުމަށް ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން، ލަންކާގައި ތިބި ދިވެހިންނަށް ސަރުކާރުން ބިރުދައްކަމުންދާ ކަމަށް ތުހުމަތުކުރައްވައި، އެއީ ރައީސް މުޢިއްޒު ހައްދަވާ ވަރަށް ބޮޑު "ޅައެއްޗެއް" ކަމަށް ސިފަކުރެއްވިއެވެ.
އަދި މީގެ ކުރިން ރައީސް މައުމޫނުގެ ވެރިކަމުގައިވެސް ރައްޔިތުންނަށް ބިރުދައްކައި އުނދަގޫ ކުރުމުގެ ނަތީޖާއަކަށްވީ ވެރިކަން ވެއްޓުންކަން ހަނދާންކޮށްދެއްވަމުން، މި ސަރުކާރުވެސް ވެރިކަމުން ބާލާނެ ކަމުގެ އިންޒާރު ނަޝީދު ދެއްވިއެވެ.
މީގެ އިތުރުން، 2008 ވަނަ އަހަރުގެ ގާނޫނު އަސާސީއާއެކު ދިވެހި ރައްޔިތުންނަށް ލިބެމުން އައި އިގްތިސާދީ ތަނަވަސްކަމާއި މިނިވަންކަން މިހާރު ގެއްލެމުންދާ ކަމުގެ ބިރު އެބައޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ހަމައެކަނި އޮތް ހައްގެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗަކާ ސީދާ ގުޅުންހުރި ކަންކަން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ އިހުސާސްތައް އަޑުއެހުމުން އެނގިގެންދިޔައީ ގައުމުގެ ހާލަތު ބަދަލުވަމުންދާ މިންވަރެވެ.
އެހެންކަމުން، މިހާރު އޮތް މިސްރާބު ބަދަލުކޮށް، ގައުމަށް "ބޮޑު ބަދަލެއް" ގެނައުމަށް ތައްޔާރުވާންޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ އެ މަސައްކަތަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު