ކޯވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނަސް މާލޭގެ ކާފިއު ރޭގަނޑު 11 އިން ފެށިގެން ފަތިހު 04 އަށް ބަދަލުކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުއްވި އެންގުމުގައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން މި ހިނދުން ފެށިގެން ވަކިގޮތެއް އަންގަންދެން ފިޔަވަޅުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 04:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި ޢާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައިވާކަމަށް އެންގުމުގައި ވެއެވެ.

އޭގެ އިތުރުން މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ރޭގަނޑު 10:30 އިން ފެށިގެން ފަތިހު 04:00 އަށް ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.

އެހެންކަމުން މި ފިޔަވަޅުތައް ތަންފީޒުކޮށް އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށާއި މި އެންގުމާ ގުޅިގެން ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް ވެސް ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު